ރައްޔިތުންގެ ހާލު ބެލުމަށް ކްމެޕޭނެއް ފަށައިފި

“ހާލު ކިހިނެއް” ކެމްޕޭންގެ ދަށުން ގޭގެއަށް ޒިޔާރަތްކޮށް ޙާލު ބަލައި އެމީހުންނަށް ސިއްހީ ގޮތުން ބޭނުންވާ ކަންކަން އޮޅުން ފިލުވަނީ

ބ. އަތޮޅުގެ ރައްޔިތުން ދުޅަހެޔޮ ސިއްހަތެއްގައި ތިބޭ ބަޔަކަށް ހެދުމުގެ މަގުސަދުގައި އަތޮޅު ހޮސްޕިޓަލުން “ހާލު ކިހިނެއް” ނަމުގައި ހާއްސަ ކެމްޕޭނެއް ފަށައިފި އެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްކަމުން ބ. އަތޮޅު ހޮސްޕިޓަލްގެ ހެލްތް ސާވިސް މެނޭޖަރު މުހައްމަދު ރަޝީދު ވިދާޅުވީ، އާބާދީގެ ކުޑަ ބޮޑުމިނެއް ބެލުމެއްނެތި ކުރިއަށްގެންދިއުމަށް ރާވާފައިވާ މި ކެމްޕޭނަކީ ބ. އަތޮޅުގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ ހަރަކާތެއް ކަމަށެވެ.

“ހާލު ކިހިނެއް” ކެމްޕޭން ފެށުމުގެ ގޮތުން ހޮސްޕިޓަލުގެ މެނޭޖަރު މުހައްމަދު ރަޝީދު ވާހަކަދައްކަނީ

މި ކެމްޕޭނުގެ ސަބަބުން ރަށްރަށުގެ ޢާއްމުން ޞިއްޙީ ހާލަތު ވަރަށް ބޮޑުތަނުން ރަގަޅުވެގެންދާނެކަމަށް ވެސް ރަޝީދު ވިދާޅުވި އެވެ.

ބ. އަތޮޅު ހޮސްޕިޓަލުން ބުނީ  މި ކެމްޕޭން  ކުރިއަށް ގެންދާނީ އަތޮޅު ހޮސްޕިޓަލްގެ ޕަބްލިކް ހެލްތް ޔުނިޓާ، ރައްރަށުގެ ހެލްތް ސެންޓަރުތަކުގައި މަސައްކަތް ކުރާ ހެލްތް ވޯކަރުން ގުޅިގެން ކަމަށެވެ.

“ހާލު ކިހިނެއް” ކެމްޕޭންގެ ދަށުން ގޭގެއަށް ޒިޔާރަތްކޮށް ޙާލު ބަލައި އެމީހުންނަށް ސިއްހީ ގޮތުން ބޭނުންވާ ކަންކަން އޮޅުން ފިލުވަނީ

އެގޮތުން މީހުން ދިރިއުޅޭ ގެތަކަށް ޒިޔާރަތްކޮށް ޙާލު އަޙްވާލު ބަލައި އެމީހުންނަށް ސިއްހީ ގޮތުން ބޭނުންވާ ކަންކަން އޮޅުން ފިލުވާ، ސިއްޙީ ގޮތުން އެ ބޭނުންވާ ކަމެއް ފޯރުކޮށްދިނުމުގައި އެހީތެރިވާނެ ކަމަށް ވެސް އަތޮޅު ހޮސްޕިޓަލުން ބުންޏެވެ. އަދި މި ކެމްޕޭނުގެ ސަބަބުން ރައްޔިތުންގެ ޙާލަތު ވަރަށް ގާތުން ބެލުމުގެ ފުރުސަތު އޮންނާނެކަމަށްވެސް އަތޮޅު ހޮސްޕިޓަލުން ބުންޏެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.