ބީއެމްއެލް އިން ރާއްޖޭގައި ފުރަތަމަ ފަހަރަށް ބިޒްނަސް ޑެބިޓް ކާޑު ތައާރަފްކޮށްފި

ވިޔަފާރިތަކަށް ފަސޭހަކަމާއެކު އެކައުންޓް މެދުވެރިކޮށް ވިޔަފާރި މުޢާމަލާތްކުރެވޭނެގޮތް ހަމަޖައްސައިދިނުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް އިން ބިޒްނަސް ޑެބިޓް ކާޑު ތައާރަފް ކޮށްފިއެވެ.

ބީއެމްލް އިން ބުނި ގޮތުގައި މި ކާޑުން ރާއްޖެއާއި ރާއްޖޭން ބޭރުގެ މާސްޓަރކާޑްގެ ނެޓްވޯކް މެދުވެރިކޮށް މުޢާމަލާތްތައް ހިންގޭނެއެވެ.

މާސްޓަރކާޑް ބިޒްނަސް ޑެބިޓް ކާޑު އިފްތިތާހު ކޮށްފައިވަނީ މާސްޓަރކާޑް ރާއްޖެއަށް ރަސްމީކޮށް ތައާރަފްކުރުމަށް މިއަދު ކްރޮސްރޯޑްސްގައި ބޭއްވުނު ހާއްސަ ހަފްލާގައެވެ.

މި ޚިދުމަތާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ޓިމް ސޯޔަރ ވިދާޅުވީ ” މިއީ އަޅުގަނޑުމެން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ފޯރުކޮށްދޭ އެހީތެރިކަމުގެ ދަށުން އެވިޔަފާރިތަކުގެ ބޭނުންތަކަށް އިތުރު ފުރިހަމަކަމެއް ގެނެސްދިނުމުގެ ގޮތުން ތައާރަފްކުރެވުނު މުހިންމު ޚިދުމަތެއް. މިކާޑު ލިންކް ކުރެވިގެންދާނީ ވިޔަފާރި އެކައުންޓަށްވުމުން ފަސޭހަކަމާއެކު ކޮންމެ ތަނަކުންވެސް ކަސްޓަމަރުންނަށް ފައިސާގެ މުޢާމަލާތްތައްކޮށްލެވޭނެ. މީގެ ސަބަބުން ވިޔަފާރީގެ ކޭޝްފްލޯ ވަކިން ބެލެހެއްޓުމާއި ރެކޯޑް ބެލެހެއްޓުން ފަސޭހަ ވެގެންދާނެ. އަޅުގަނޑުމެން ދޫކުރާ އެހެން ކާޑުތަކެކޭ އެއްގޮތަށް މި ތައާރަފް ކުރެވުނު ބިޒްނަސް ޑެބިޓް ކާޑަކީވެސް އެންމެ ޒަމާނީ ސެކިއުރިޓީ ފީޗަރސް އެކުލެވޭ ކާޑެއް.”

މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 37 ބްރާންޗް، 49  ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 113 އޭޓީއެމް، 5700 ޕީއޯއެސް މަރޗަންޓުން، 277 ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސް ގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.