ބ. ހިތާދޫގައި ފުޓްސަލް ދަނޑު އަޅަން ބަޔަކާ ހަވާލުކޮށްފި އެވެ.
ޔޫތު މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި، ހިތާދޫގައި ފުޓްސަލް ދަނޑު އަޅަން ހަވާލުކުރީ ކޯޕައިން އިންވެސްޓްމެންޓް ކުންފުންޏާ އެވެ. މި މަޝްރޫއު އެ ކުންފުންޏާ ހަވާލުކުރީ 50 ދުވަހުގެ ތެރޭގައި ފުރިހަމަކުރާ ގޮތަށެވެ.
މި އެއްބަސްވުމުގައި ޔޫތު މިނިސްޓްރީގެ ފަރާތުން މިނިސްޓަރު އަހުމަދު މަހްލޫފް ސޮއިކުރެއްވި އިރު، ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ އެތަނުގެ މެނޭޖިން ޑައިރެކްޓަރު މުހައްމަދު ޝިހާމެވެ.
ހިތާދޫގެ އިތުރުން މިއަދު ވަނީ ރ. އިންނަމާދޫ އާއި ތ. ކިނބިދޫ އަދި ނ. މިލަދޫގެ ފުޓްސަލް ދަނޑުގެ މަސައްކަތް ވެސް ބަޔަކާ ހަވާލުކޮށްފަ އެވެ.
ޔޫތު މިނިސްޓްރީން ޚަރަދުކޮށްގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އަންނަނީ ފުޓްސަލް ދަނޑުތައް އަޅަމުންނެވެ. ރާއްޖޭގެ ކުޅިވަރު އިންފްރަސްޓްރަކްޗަރ ތަރައްގީ ކުރުމަކީ މި ސަރުކާރުގެ ބޮޑު ވައުދެކެވެ.