އޮސްޓްރޭލިއާގެ ސްކޫލަކާ ގުޅިގެން ކިހާދޫ ސްކޫލުގައި ޕްރޮގްރާމުތަކެއް ހިންގަނީ

އޮސްޓްރޭލިއާގެ ރޮކްސް ބަރަރ ރައިޒް ޕްރައިމަރީ ސްކޫލާ ގުޅިގެން ބ. ކިހާދޫގައި ސްކޫލުގައި ޕްރޮގްރާމެއް ހިންގަން ފަށައިފި އެވެ.

ކިހާދޫ ސްކޫލުގެ ޕްރިންސިޕަލް މުހައްމަދު ޒުބައިރު ވިދާޅުވި ގޮތުގައި މިއީ އޮސްޓްރޭލިއާގެ ވެލްބަން ޔުނިވަސިޓީގެ ޕްރޮފެސަރެއް ކަމަށްވާ ޑރ. ރޮންޑާގެ ބެލުމުގެ ދަށުން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

ޒުބައިރު ވިދާޅުވި ގޮތުގައި މި ޕްރޮގްރާމު އަމާޒުކޮށްފައިވަނީ އާ މަންހަޖުގެ ގާބިލިއްޔަތުތަކުގެ ތެރޭގައި ހިމެނޭ “ދެމެހެއްޓެނިވި ތަރައްގީއަށް އަމަލުކުރުން” ދަރިވަރުންގެ ކިބައިގައި އަށަގެންނެވުމަށެވެ.

އެގޮތުން ރޮކްސް ބަރަރ ސްކޫލުގައި ކުރިއަށްގެންދެވޭ ޕްރޮގްރާމުތަކުގެ މައުލޫމާތު ކިހާދޫ ސްކޫލުގެ ދަރިވަރުންނާ ހިއްސާކުރެވޭނެ ކަމަށް ކިހާދޫ ސްކޫލުން ބުންޏެވެ. އަދި މި ޕްރޮގްރާމުގެ ދަށުން ސިޓީ އާއި އީމެއިލް ސްކޫލް މެދުވެރިކޮށް ދެ ސްކޫލުގެ ދަރިވަރުންގެ މެދުގައި ގުޅުން ބަދަހިވެގެންދާނެ ކަމަށްވެސް އެ ސްކޫލުން ބުންޏެވެ.

ކިހާދޫ ސްކޫލުން ބުނީ މި ޕްރޮގްރާމުގެ ސަބަބުން ދަރިވަރުންގެ އިނގެރޭސި ބަހާއި އާއްމު މައުލޫމާތުގެ އިތުރުން ތިމާވެށިގެ ވަރަށްގިނަ މައުލޫމާތު އެނގިގެންދާނެ ކަމަށެވެ.  

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.