ޓިވެކުން ޖެނުއަރީ އިންޓޭކަށް ހުޅުވާލައިފި

ކޯސްޓްލައިން ފައުންޑޭޝަނުން ބ. ކިހާދޫގައި ހިންގާ، ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިއުކޭޝަން ސެންޓަރުން (ޓިވެކް) އަންނަ ޖެނުއަރީމަހު ފަށާ  ކޯސްތަކަށް ބައިވެރިވާން ހުޅުވާލައިފި އެވެ.

ޓިވެކުން ބުނީ އަންނަ ޖެނުއަރީ މަހުގެ އިންޓޭކުގައި ވެސް ތަފާތު އެކި ދާއިރާތަކުން ތިން ކޯސް އެ ކެމްޕަހުގައި ހިންގާނެ ކަމަށެވެ.

ޖެނުއަރީ އިންޓޭކުގައި ފަށާ ކޯސްތަކުގެ ތެރޭގައި ހިމެނެނީ ޑީސަލް އަދި ޕެޓްރޯލް އިންޖީން މަރާމާތުކޮށް ބެލެހެއްޓުމާއި އިލެކްޓްރީޝަން އަދި އެއާކޮންޑިޝަން އާއި ރެފްރިޖަރޭޓަރު މަރާމާތު ކުރަން ދަސްކޮށްދޭ ކޯހެކެވެ. 19 ހަފްތާގެ ނިޔަލަށް ކުރިއަށްގެންދާ މި ކޯސްތަކަކީ ކޮލިފިކޭޝަން އޮތޯރިޓީ ގަބޫލުކުރާ ލެވެލް ތިނެއްގެ ކޯސްތަކެކެވެ.

މި ކޯސްތަކުންވެސް ޖުމްލަ 50 ދަރިވަރުންނަށް ޖާގަ ދޭނެ ކަމަށް ޓިވެކުން ބުންޏެވެ.

ޓިވެކުން ހިންގާ ތަމްރީން ޕްރޮގްރާމުތަކުން އެއްވެސް ކުއްޖެއްގެ އަތުން ފީއެއް ނުނަގަ އެވެ. އަދި އެ ކެމްޕަހުގައި ހުރިހާ ކަމެއް ވެސް އޮންނާނީ ހިލޭ އެވެ. އެގޮތުން ކެއުމާއި ހުރުމުގެ އިތުރުން ކުދިން މުނިފޫހިފިލުވުމަށް ވެސް ގިނަ ކަންތައްތަކެއް އޮވެއެވެ.

ރާއްޖޭގައި ޒުވާނުން ތަމްރީނު ކުރަން ބޭނުންވާ ދާއިރާތައް ބަލައިގެން ޓިވެކްގައި ކުރިއަށްގެންދާ މި ކޯސްތަކަށް އަންނަ ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހާ ހަމައަށް ކުރިމަތިލެވޭނެ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.