ޕިންކް ރިބަން ރަން ވޯކް ކާމިޔާބުކަމާއެކު ނިންމާލައިފި

އޭދަފުށީގައި ބޭއްވި “ޕިންކް ރިބަން ރަން ވޯކް” ގެ ތެރެއިން

ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސް އިން އިސްނަގައިގެން ބީއެމްއެލް އާ ގުޅިގެން ބޭއްވި “ޕިންކް ރިބަން ރަން ވޯކް” ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

މިއަދު ހަވީރު ހުޅުމާލޭގެ އިތުރުން އަތޮޅު ތެރޭގައި ބޭންކް އޮފް މޯލްޑިވްސްގެ ބްރާންޗް ހުރި 28 ރަށުގައި ކުރިއަށްގެންދިޔަ މި ހަރަކާތުގައި ދުޅަހެޔޮ ސިއްޙަތެއްގެ މުހިންމުކަމާއި، ސިއްޙީ ގިނަ މަޢުލޫމާތުތަކެއް އާންމުންނާއި ވަނީ ހިއްސާކޮށްފައެވެ.

އޭދަފުށީގައި ބޭއްވި “ޕިންކް ރިބަން ރަން ވޯކް” ގެ ތެރެއިން

ބީއެމްއެލް އިން ބުނިގޮތުގައި މި ހަރަކާތް އިންތިޒާމްކުރުމުގައި ބޭންކުގެ 150 އެއްހާ މުވައްޒަފުން ވަނީ އަމަލީ ގޮތުން ބައިވެރިވި އެވެ.

ހުޅުމާލޭގައި ބޭއްވި “ޕިންކް ރިބަން ރަން ވޯކް” ގެ ތެރެއިން– ފޮޓޯ/ބީއެމްއެލް

ބީއެމްއެލް އިން ދުނިޔޭގައި އުރަމަތީ ކެންސަރަށް ހޭލުންތެރިކުރުމުގެ ގޮތުން ކޮންމެ އަހަރެއްގެ ވެސް އޮކްޓޯބަރ މަހު، ތަފާތު ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދެއެވެ. އެގޮތުން ރާއްޖޭގައިވެސް އޮކްޓޯބަރުމަހަށް ދެމިގެންދާ ގޮތަށް އުރަމަތީ ކެންސަރަށް ޢާންމުން ހޭލުންތެރިކުރުމަށް ގިނަ ހަރަކާތްތަކެއް ބާއްވަމުން ގެންދާއިރު، ޕިންކް ރިބަން ރަން ވޯކް އަކީ މި މަހުގައި ބާއްވާ އެންމެ ބޮޑު ހަރަކާތެވެ.

އޭދަފުށީގައި ބޭއްވި “ޕިންކް ރިބަން ރަން ވޯކް” ގެ ތެރެއިން

ބޭންކް އޮފް މޯލްޑިވްސް އިން އަންނަނީ 2016 ވަނަ އަހަރުން ފެށިގެން ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސްގެ ހަރަކާތްތަކަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.