ބީއެމްއެލް ކޮމިއުނިޓީ ފަންޑަށް ޕްރޮޕޯޒަލް ހުށަހަޅަން ހުޅުވާލައިފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ކޮމިއުނިޓީ ފަންޑހަތަރުވަނަ ކްއާޓާއަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ކޮމިއުނިޓީ ފަންޑަކީ އަމިއްލަ ފަރުދުންނާއި ހިލޭސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ރަށްރަށުގައި ހިންގަން ބޭނުންވާ ޕްރޮޖެކްޓްތަކަށް އެހީތެރިވުމުގެ ގޮތުން ހުޅުވާފައިވާ ފަންޑެކެވެ. މި ފަންޑުން ކޮންމެ ކުއާޓަރެއްގައި ވެސް ފަސް ޕްރޮޖެކްޓަކަށް އެހީވެ އެވެ.

ބީއެމްއެލް ކޮމިއުނިޓީ ފަންޑުން އެހީ ބޭނުންވާ ފަރާތްތަކަށް ޕްރޮޕޯޒަލް ހުށަހެޅޭނީ ނޮވެމްބަރ، 14 ގެ 12:00 ގެ ނިޔަލަށެވެ. މި ފަންޑަށް ޕްރޮޕޯޒަލް ހުށަހެޅޭނީ އިޖުތިމާއީ ފައިދާ އަށް ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކާއި، ތައުލީމާއި، ކުޅިވަރުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަން ކުރުމަށް އެކަންޏެވެ.

މި ފަންޑުގެ ދަށުން މި އަހަރުގެ ތިން ކުއާޓަރެއްގައި 15 ޕްރޮޖެކްޓަކަށް އެހީތެރިކަން ފޯރުކޮށްދީފައިވާއިރު މިދިޔަ ކްއާޓާގެ އެންމެ ރަނގަޅު ފަސް ޕްރޮޕޯޒަލްގެ ގޮތުގައި ހިމެނުނީ ނ. ހޮޅުދޫ ބަނދަރު ސަރަހައްދުގައި މަސް ކަނޑާ ތަނެއް ހެދުމާއި ހދ. ކުޅުދުއްފުށީގައި ކުޑަކުދިންގެ ޕާކެއް ތަރައްގީކުރުމާއި ރ. ހުޅުދުއްފާރުގައި އަތިރިމަތީ ސަރަހައްދުގައި ހިތްފަސޭހަ މައިޒާނެއް ތަރައްގީކުރުމަށް ހެދި ޕްރޮޕޯސަލް އާއި ހއ. ކެލާ ސްކޫލު ކުރިމަތީގައި ދަރިވަރުންނާއި ބެލެނިވެރިން ބޭނުންކުރުމަށް ހިޔާވާ ތަނެއް ހެދުމުގެ އިތުރުން ތ. ކަނޑޫދޫގެ ތުނޑީކޮޅުގައި ޕިކްނިކް ސަރަހައްދެއް ގާއިމްކުރުން ހުށަހެޅި ޕްރޮޕޯޒަލެވެ.

ހުށަހަޅާ ޕްރޮޕޯޒަލްތަކުގެ ތެރެއިން ހޮވޭ ކޮންމެ ޕްރޮޕޯޒަލަކަށް އެހީވުމަށް 50،000ރ. ބީއެމްއެލް އިން ދޭނެ އެވެ.

ޕްރޮޕޯސަލް ހުށަހެޅުމާ ގުޅޭ އިތުރު މައުލޫމާތު https://www.bankofmaldives.com.mv/community އިން ލިބޭނެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.