އުރީދޫގެ “އެކު” ކެމްޕެއިނުން އެއްބައިވަންތަކަމުގެ މުހިއްމު މެސެޖެއް

އުރީދޫން އާ ކެމްޕެއިން “އެކު” ގެ ނަމުގައި ބްރޭންޑް ކެމްޕޭނު މިއަދު ލޯންޗްކޮށްފި އެވެ.

މި ކެމްޕޭން އިފްތިތާހުކޮށްފައިވަނީ، އެމް.އެން.ޔޫގެ ދަރިވަރުންނާއި އެކު، އެ ޔުނިވާސިޓީގައި ބޭއްވުނު ހާއްސަ ކީނޯޓް އިވެންޓެއްގައެވެ. އެގޮތުން، އުރީދޫގެ ބްރޭންޑް ޓީމް ވަނީ، އެކު ކެމްޕެއިން މިސާލެއްގެ ގޮތުގައި ނަގައި، ކެމްޕެއިން ސްޓްރެޓެޖީ ފަރުމާކުރުމާއި ކަސްޓަމަރުންނާއި ހަމައަށް ގެނެސްދިނުމުގެ އުކުޅުތަކާއި ބެހޭ މައުލޫމާތު، އެމް.އެން.ޔޫ ގައި މާކެޓިންގ ކިޔަވަމުންދާ ދަރިވަރުންނާއި ހިއްސާކޮށްފައެވެ.

ދިވެހިރާއްޖޭގެ ގައުމީ ދުވަހު، އުރީދޫ އިން “އެކު” ކެމްޕެއިން ތަޢާރަފްކޮށް، ޅެމެއްގެ ސިފައިގައި އެއްބައިވަންތަކަމާއި ބެހޭ މުހިއްމު މެސެޖްތަކެއް ގެނެސްދީފަ އެވެ.

އެކު،

އެކަކާއި އެކު އަނެކަކު،

ބަދަހިކަމާއި އެކު އާއިލާ،

އާއިލާ އާއި އެކު ހިތްހަމަޖެހުން،

އެއްބައިވަންތަކަމާއި އެކު ޒުވާނުން،

ޒުވާނުންނާއި އެކު އުއްމީދު،

އިލްމާއި އެކު ހުނަރު،

ހުނަރާއި އެކު ހިތްވަރު،

ދޭސީންނާއި އެކު ބިދޭސީން،

ގަދަރާއި އިޚްތިރާމާއި އެކު،

އެ އަވަށާއި އެކު މި އަވަށް،

އެކު އެކީ ގުޅިގެން،

އެކުވެރިކަމާއި، އަޅާލުމާއި، އަދި އޯގާތެރިކަމާއި އެކު،

އެކަނި ނުވީސް،

އެކު ނުވެ ނުވީސް،

އެކު އެކީ އެންމެން، އެންމެނާއި އެކު އުރީދޫ.

އުރީދޫގެ ކެމްޕޭން “އެކު” ގައި ދައްކައިދެނީ މުގުތަމައުގެ އެކުވެރިކަމާއި އެއްބައިވަންތަކަން އަދި، ބައިބައިވެފައިވާ މުޖުތަމައު އެކުވެގެންދާތަނެވެ.

އަދިހަމައެހެންމެ، އުރީދޫގެ ފަހުގެ ޓެކްނޮލޮޖީތަކާއި އުފެއްދުންތެރި ޚިދުމަތްތަކާއި އެކު ކަސްޓަމަރުންނަށް ގެނެސްދޭ އިތުރު ފުރުސަތުތަކާއި ފަސޭހަތައް، އަދި އެކުންފުނިން ދިވެހިރައްޔިތުންގެ ދިރިއުޅުމަށް އިތުރު ފުރިހަމަކަމާއި ފާގަތިކަން ގެނެސްދިނުމަށް ކުރަމުންދާ ތަފާތު މަސައްކަތްތައްވެސް އެކު ކެމްޕެއިން މެދުވެރިކޮށް އަލިއަޅުވާލަދޭނެ ކަމަށްވެސް އުރީދޫން ބުންޏެވެ.

އެކު ކެމްޕެއިން ލޯންޗް ކުރި އިވެންޓުގައި ވާހަކަދައްކަމުން، އުރީދޫގެ ޑައިރެކްޓަރ އޮފް ސޭލްސް އެންޑް ބްރޭންޑް، ހުސެން ނިޔާޒު ވިދާޅުވީ އުރީދޫގެ މިފަދަ ޚާއްސަ ދުވަހެއްގައި އެކު ކެމްޕެއިން ތައާރަފްކޮށް، ދިވެހި ރައްޔިތުންގެ ހަޔާތަށް އިތުރު ފުރިހަމަކަން ގެނެސްދިނުމަށް އުރީދޫ ބްރޭންޑުންދޭ އަޙަމިއްޔަތު ފާހަގަކުރާ ކަމަށެވެ.

“ހަމައެހެންމެ، އުރީދޫގެ ޓެކްނޮލޮޖީތަކާއި ޚިދުމަތްތައް މެދުވެރިކޮށް ދިވެހީންގެ މެދުގައި އެއްބައިވަންތަކަން އިތުރުކޮށް، ޤައުމު ބިނާކުރުމަށް އަބަދުމެ މަސައްކަތްކުރަމުންދާނެކަމުގެ ޔަގީންކަން އަރުވަން.” އުރީދޫން ބުނީ އެކު ކެމްޕެއިން މެދުވެރިކޮށް، އުރީދޫގެ ކަސްޓަމަރުންނަށް ވަރަށް ޚާއްސަ ހަރަކާތްތަކެއް ފެނިގެންދާނެ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.