އުރީދޫއަށް އާ ސީއެފްއޯއެއް

އުރ’ީދޫގެ އާ ސީއެފްއޯ ސުރޭޝް ކަލްޕަތީ ޗިޑަމްބަރަމް — ފޮޓޯ: އުރީދޫ

އުރީދޫ މޯލްޑިވްސްއަށް އާ ޗީފް ފައިނޭންޝަލް އޮފިސަރަކު ހަމަޖައްސައިފިއެވެ.

އުރީދޫއިން ބުނީ މިދިޔަ މަހުގެ 17 ވަނަ ދުވަހުން ފެށިގެން ކުންފުނީގެ ސީއެފްއޯއަކަށް ސުރޭޝް ކަލްޕަތީ ޗިޑަމްބަރަމް އައްޔަނުކޮށްފައިވާ ކަމަށެވެ.

ސީއެފްއޯގެ އިތުރުން ކުންފުނީގެ އެގްޒެކެޓިވް ބޯޑު ޑިރެކްޓަރެއްގެ ގޮތުގައިވެސް އޭނާ ވަނީ ހަމަޖައްސައިފައެވެ.

ޗިޑަމްބަރަމްއަކީ ޓެލެކޮމިއުނިކޭޝަން، ރީޓެއިލް، އަދި މެނުފެކްޗަރިން ފަދަ ސިނާއަތްތަކުގައި މަސައްކަތްކޮށް، ފައިނޭންސްގެ ދާއިރާއިން 30 އަހަރަށް ވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިލައްވާފައިވާ ބޭފުޅެކެވެ.

އުރީދޫ މޯލްޑިވްސްއާ ގުޅުމުގެ ކުރިން އޭނާ ވަނީ އުރީދޫ ގްލޯބަލް ސާވިސަސްގެ ޗީފް ފައިނޭންޝަލް އޮފިސަރުގެ މަގާމު އަދާކުރައްވައިފައެވެ.

ޗިޑަމްބަރަމް ވަނީ ބާލާ އިންސްޓިޓިއުޓް އޮފް ސައިންސް އެންޑް ޓެކްނޮލޮޖީއިން މެނޭޖްމަންޓްގެ ދާއިރާއިން މާސްޓަސް ހާސިލުކުރައްވައިފައެވެ. އަދި އޭނާއަކީ އިންސްޓިޓިއުޓް އޮފް ޗާޓާޑް އެކައުންޓަންޓްސް އޮފް އިންޑިއާގެ މެންބަރެއްވެސް މެއެވެ.

މީގެ ކުރިން އުރީދޫގެ ސީއެފްއޯގެ މަގާމުގައި ހުންނެވީ ތަވަބާލަން ޕޫބަލަސިންގަމްއެވެ. އޭނާ މަގާމުން އިސްތިއުފާދެއްވީ މިދިޔަ ޖުލައިމަހުއެވެ.

އޭނާ އިސްތިއުފާދެއްވީ އުރީދޫ ގްރޫޕުގެ ފަރާތުން އިންޑޯސެޓް އުރީދޫގައި މަސައްކަތް ކުރެއްވުމުގެ ފުރުސަތު ލިބިލެއްވުމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.