ބީއެމްއެލް އިސްލާމިކް ޕަސަނަލް ފައިނޭންސިން އެއް ދުވަސްތެރޭ ހަމަޖައްސައިދެނީ


ޕަރސަނަލް ފައިނޭންސިންގ ޚިދުމަތް އެއް ދުވަސްތެރޭ ހަމަޖައްސައިދޭ ގޮތަށް ބީއެމްއެލް އިސްލާމިކް އިން ކަނޑައަޅައިފިއެވެ. މި ބޮޑު ބަދަލާއެކު މިއީ ރާއްޖޭގައި މިވަގުތު އިސްލާމިކް އުސޫލުތަކުގެ މަތިން އެންމެ އަވަހަށް ލިބޭ ޕަރސަނަލް ފައިނޭންސިންގެ ޚިދުމަތެވެ.

ބީއެމްއެލް އިސްލާމިކް ޕަރސަނަލް ފައިނޭންސިންގ އަކީ މުސާރަ ޖަވާމާ ފަރާތްތަކަށް އަމާޒުކޮށް މަހުންމަހަށް ފައިސާ ދައްކާ ގޮތަށް 300،000 ރުފިޔާ އާ ހަމަޔަށް ބީއެމްއެލް އިސްލާމިކް އާއެކު އެއްބަސްވުން އެކުލަވާލާފައިވާ ވިޔަފާރިތަކުން މުދާ ގަނެވޭ ޚިދުމަތެކެވެ. މިގޮތުން އިމާރާތްކުރުމަށް ބޭނުންވާ ސާމާނު، އިލެކްޓްރޯނިކްސް، ފަރުނީޗަރާއި ހިފާގެންގުޅޭތަކެތި އަދި މޮޓޯ ސައިކަލް ފަދަ މުދާ ނެގޭނެއެވެ. މި ފެސިލިޓީގެ ދަށުން މުދާ ނެގިނަމަވެސް އެއްވެސް އެޑްވާންސް ޕޭމެންޓެއް އަދި ޕްރޮސެސިން ފީއެއް ދައްކާކަށް ނުޖެހޭނެއެވެ.

މި ޚިދުމަތާއި ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ޓިމް ސޯޔަރ ވިދާޅުވީ  މި ގެނެވުނު ބަދަލަކީ ބީއެމްއެލް އިސްލާމިކްގެ ޚިދުމަތް ހޯއްދަވާ ކަސްޓަމަރުންނަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން އެޅުނު މުހިންމު ފިޔަވަޅެއް  ކަމަށެވެ. އަދި ޕަރސަނަލް ފައިނޭސިންގ އަށް ލިބެމުންދާ އާންމުންގެ ބޮޑު ތަރުހީބާއެކު އެއްދުވަސްތެރޭ މި ޚިދުމަތް ފޯރުކޮށްދެވިގެންދާކަމީ ވަރަށް ގިނަ ކަސްޓަމަރުންނަށް ލިބޭނެ ވަރަށް ބޮޑު ފަސޭހައެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.  

ބީއެމްއެލް އިސްލާމިކް ޚިދުމަތްތައް ފަރުމާ ކުރެވިފައިވަނީ އިސްލާމިކް ބޭންކިންގ އާ ގުޅޭ ބައިނަލްއަޤްވާމީ އެންމެ ރަނގަޅު އުސޫލުތަކަށް ބިނާކޮށް، ޝަރުޢީ ހަމަތަކަށް ފުރިހަމައަށް ފެތޭ ގޮތުގެ މަތިންނެވެ. ކަސްޓަމަރުން ޑިޕޮސިޓްކުރާ ފައިސާ ބަހައްޓަނީވެސް މުޅިން ވަކި ފަންޑެއްގެ ގޮތުގައެވެ. އަދި އެ ފައިސާ ބޭނުންކުރަނީ އިސްލާމީ ޝަރުޢީ ހަމަތަކަށް ފެތޭ ކަންކަމަށެވެ. އަދި މި މަސައްކަތްތައް ހިނގަމުންދަނީ އިސްލާމިކް ފައިނޭންސިންގެ ބައިނަލްއަގްވާމީ ތަޖުރިބާކާރުން ހިމެނޭ ގޮތަށް އެކުލަވާލެވިފައިވާ ޝަރީޢާ އެޑްވައިޒަރީ ކޮމިޓީއެއްގެ ބެލުމުގެ ދަށުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.