ސިޔާސީ ދާއިރާއަށް އަންހެނުން ބާރުވެރިކުރުވަން ތަމްރީން ޕްރޮގްރާމެއް ފަށައިފި

ސިޔާސީ ދާއިރާއަށް އަންހެނުން ބާރުވެރިކުރުވުމަށް ” “ވިމެން ލީޑަރޝިޕް ޓްރެއިނިން” ގެ ނަމުގައި ބ. އަތޮޅު ކައުންސިލާ ގުޅިގެން ކޮމިއުނިޓީ ޑިވެލޮޕްމަންޓް އިނިޝިއޭޓިވްސް (ކޮޑި) ޖަމިއްޔާއިން އޭދަފުށީގައި ތަމްރީން ޕްރޮގްރާމެއް މިއަދު ފަށައިފި އެވެ.

މިއީ އަންނަ އަހަރު ކުރީކޮޅު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބުގައި ރަށާއި ސިޓީ ކައުންސިލުތަކުގެ 33 އިންސައްތަ ގޮނޑި އަންހެނުންނަށް ޚާއްސަކުރުމަށް ނިންމާފައިވާތީ ސިޔާސީ ދާއިރާއަށް އަންހެނުން ތަމްރީން ކުރުމަށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

މާދަމާގެ ނިޔަލަށް ކުރިއަށްގެންދާ ތަމްރީން ޕްރޮގްރާމުގައި އިންތިހާބަށް ކެމްޕޭން ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ގޮތްތަކާއި، ކެމްޕެއިނަށް ފައިސާ ހޯދާނެ ގޮތްތަކާއި އަދި އަންހެނުންގެ ހައްގުތައް ރައްކާތެރިކުރުމާ ގުޅޭގޮތުން މައުލޫމާތު ފޯރުކޮށްދޭނެ އެވެ. މީގެ އިތުރުން ރަށާއި އަތޮޅު އަދި ގައުމީ ފެންވަރުގައި އަންހެނުންގެ ބައިވެރިވުމާއި އަންހެނުން ކަންކަމަށް އިސްނެގުމާއި ލީޑަޝިޕް އިތުރުކުރުމަށް މަސައްކަތް ކުރާނެ ގޮތްތަކާއި ގުޅޭ ގޮތުން ވެސް މައުލޫމާތު ދޭނެ ކަމަށް އަތޮޅު ކައުންސިލުން ބުންޏެވެ.

ބ. އަތޮޅު ޓީޗަރ ރިސޯސް ސެންޓަރުގައި ކުރިއަށްގެންދާ މި ޕްރޮގްރާމުގައި ބ. އަތޮޅުގެ އެކިރަށްށަށުން 32 އަންހެންނުން ބައިވެރިވެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.