ބ. މާޅޮހު މެޖިސްޓްރޭޓު ކޯޓު ފަޅާލައި، އެތަނުގެ ތިޖޫރި ވަގަށްނަގައިފި އެވެ.
ފުލުހުން ބުނި ގޮތުގައި މާޅޮހު މެޖިސްޓްރޭޓް ކޯތް ފަޅާލައި އެ ކޯޓުން ލެޕްޓޮޕްއަކާއި ތިޖޫރިއެއް ވަގަށް ނަގާފައިވާ ކަމަށް ފާހަގަކުރެވިފައިވާ ކަމަށެވެ. ނަމަވެސް ތިޖޫރީގައި ފައިސާ ހުރި އަދަދު ދެނެގަނެވިފައި ނުވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
ފުލުހުން މިހާރު އަންނަނީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.