ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މޯބައިލް ޕޭ ކަސްޓަމަރުންނަށް އަދި މާޗަންޓުންނަށް ހާއްސަކޮށްގެން ޕްރޮމޯޝަން އެއް ފަށައިފިއެވެ.
ސްކޭން ޓު ޕޭ އެންޑް ޕޭ ބައި ލިކްން ޕްރޮމޯޝަންގެ ނަމުގައި ހިންގާ މި ޕްރޮމޯޝަންގައި QR ކޯޑު ސްކޭންކޮށްގެން އަދި ލިންކް ބޭނުންކޮށްގެން ފައިސާ ދައްކައިގެން 3 ކަސްޓަމަރުން އަދި 3 މާޗަންޓުންނަށް 30،000، 20،000، އަދި 10،000 ރުފިޔާގެ ފައިސާގެ އިނާމު ދިނުމަށްވަނީ ހަމަޖެހިފައެވެ.
އަދި މީގެ އިތުރުން ކޮންމެ ހަފްތާއަކު ގުރުއަތުން 5 ކަސްޓަމަރުންނާއި 5 މާޗަންޓުން ހޮވާ ކޮންމެ ފަރާތަކަށް 1000 ރުފިޔާ ވެސް ލިބިގެން ދާނެ ކަމަށްވެސް ބީއެމްއެލް ބުންޏެވެ.
ބީއެމްއެލް އިން ބުނިގޮތުގައި މި ޕްރޮމޯޝަންގައި ބައިވެރިވުން ބީއެމްއެލްގެ ހުރިހާ ކަސްޓަމަރުންނަށާއި ބީއެމްއެލް ގެ ޕީއޯއެސް ބޭނުން ކުރާ ހުރިހާ މާޗަންޓުންނަށް ވަނީ ހުޅުވާލެވިފައެވެ.
މި ޕްރޮމޯޝަން ކުރިޔަށް ދާނީ 17 ޖަނަވަރީ 2020 ގެ ނިޔަލަށެވެ.