އެމެރިކާގެ ކޭއެސްއެލް ކެޕިޓަލް އިން ސޮނޭވާގެ ބައެއް ގަނެފި

އެމެރިކާގެ ޕްރައިވެޓް އިކުއިޓީ ފާމެއް ކަމަށްވާ ކޭއެސްއެލް ކެޕިޓަލް ޕާޓްނާސް އިން ސޮނޭވާ ކުންފުނީގެ ބައެއް ގަނެފި އެވެ.

ހޮސްޕިޓަލިޓީ ދާއިރާގެ ޚަބަރުތައް ގެނެސްދޭ ބައެއް ވެބްސައިޓްތަކުގައި ބުނެފައިވާ ގޮތުގައި، ކޭއެސްއެލް އިން ވަނީ ސޮނޭވާ ކުންފުނީގެ ގިނަ އަދަދެއްގެ ހިއްސާ ގަނެފަ އެވެ.

އެ ވެބްސައިޓްގައި ބުނެފައިވާ ގޮތުގައި އަދިވެސް އެ ކުންފުނީގެ މެޖޯރިޓީ ހިއްސާދާރުންނަކީ ކުންފުނީގެ ބާނީން ކަމަށްވާ ސޯނޫ ޝިވްދަސާނީ އަދި އޭނާގެ އަންހެނުން އީވާ އެވެ.

ކޭއެސްއެލް އިން ސޮނޭވާ ކުންފުނީގެ މައިނޮރިޓީ ހިއްސާދާރަކަށް ވުމާ އެކު، އެ ކުންފުނީގެ މައިނޮރިޓީ ހިއްސާދާރާއެއްގެ ގޮތުގައި ކުރިން އޮތް ސެއިލިން ކެޕިޓަލް ވަނީ ވަކިވެފަ އެވެ.

ސެއިލިން ކެޕިޓަލް އިން ސޮނޭވާގެ ހިއްސާ ގަތީ 2014 ވަނަ އަހަރު އެވެ. އެ ކުންފުނިން އޭރު ސޮނޭވާ އަށް ކުރި އިންވެސްޓްމަންޓާ އެކު، ސޮނޭވާ އިން ވަނީ ދެވަނަ ރިސޯޓް ރާއްޖޭގައި ހުޅުވާފަ އެވެ.

މީގެ 24 ކުރިން 1995 ވަނަ ސޮނޭވާ ވުޖޫދަށް އައީ ރާއްޖޭގައި ހުޅުވި ސޮނޭވާ ފުށި ރިސޯޓާ އެކުގަ އެވެ.

ސޮނެވާ ބްރޭންޑަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ މައިދާނުގައި ފުންނާބު އުސް ބްރޭންޑެކެވެ. ރާއްޖޭގެ ފަތުރުވެރިކަމުގައި ސޮނެވާއިން އަންނަނީ ދުވަހަށް ވުރެ ދުވަހެއް އަތްގަދަ ކުރަމުންނެވެ. ސޮނެވާގެ ދެ ރިޒޯޓް މިވަގުތުގައި ރާއްޖޭގައި އެބައޮތެވެ. އެއީ ސޮނެވާފުށި އަދި ސޮނެވާ ޖާނީއެވެ. ސޮނެވާ ފުއްޓަކީ ރާއްޖޭގައި އެންމެ ގިނަ ދުވަސްވީ އެއް ރިޒޯޓެވެ. އަދި ރަށުގެ އަސްލު ނުގެއްލޭ ގޮތަށް ހަދާފައިވާ މި ރިޒޯޓަކީ ބ އަތޮޅުގައި ހުޅުވި ފުރަތަމަ ރިޒޯޓެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.