މަންތާ އެއާ އިން އިތުރު މަންޒިލަކަށް ދަތުރުތައް ފަށަނީ

ރާއްޖޭގައި އެންމެ ފަހުން އޮޕަރޭޓް ކުރަން ފެށި ޑޮމެސްޓިކް އެއާލައިން މަންތާ އެއާ އިން އިތުރު މަންޒިލަކަށް ދަތުރުތައް ފެށުމަށް ތައްޔާރުވެއްޖެ އެވެ.

މަންތާ އެއާ އިން މިހާރު ދަތުރު ކުރަމުން އަންނަނީ ދ. އަތޮޅަށާއި ބ. އަތޮޅަށެވެ.

މަންޓާ އެއަރއިން ބުނީ އެ އެއަރލައިނުން ދަތުރުތައް ފަށާނެ ތިންވަނަ މަންޒިލް މި ހަފްތާތެރޭ އާންމުކުރާނެކަމަށެވެ. އެހެންނަމަވެސް މަންޓާއިން ދަތުރުތައް ފަށާ މަންޒިލެއް އެއަރލައިނުން އަދި ހާމައެއް ނުކުރެއެވެ.

މަންޓާ އެއާ އިން ވަނީ މިދިޔަ މަހު އެ އެއާލައިންގެ ފުރަތަމަ ތިން ސީޕްލޭން އަދި މި މަހުގެ ކުރީކޮޅު ހަތަރު ވަނަ ސީޕްލޭން ރާއްޖެ ގެނެސްފަ އެވެ. އެ އެއާލައިންގެ ފަސް ވަނަ ސީޕްލޭން ރާއްޖެ ގެނެސްފައި ވަނީ މިދިޔަ ބުދަ ދުވަހު އެވެ. މަންޓާ އެއާގެ ހަ ވަނަ ސީޕްލޭން ރާއްޖެ ގެނައުމުގެ މަސައްކަތް ފަށައިފި އެވެ.

މުޅި އެކު 10 ސީޕްލޭން ގެންނަން ނިންމާފައިވާ މަންޓާ އެއާ އިން ވަނީ މިދިޔަ އާދިއްތަ ދުވަހު ސީޕްލޭންހެ ހިދުމަތް އިފްތިތާހުކޮށްފަ އެވެ. އެގޮތުން، މަންޓާ އެއާގެ ސީޕްލޭން ހިދުމަތާ އެކު އާދިއްތަ ދުވަހު ވަނީ އެ އެއާލައިންގެ ސީޕްލޭން ޓާމިނަލް އަދި ލައުންޖް ވެސް ހުޅުވާފަ އެވެ. އަދި މިދިޔަ ބުދަ ދުވަހު ވަނީ ރަސްމީކޮށް ކުރި ފުރަތަމަ ދަތުރު ދ. އަތޮޅުގައި އޮންނަ ރިއު ހޮޓެލްސް މޯލްޑިވްސް އަށް ކޮށްފަ އެވެ.

މަންޓާ އެއާ އިން ސީޕްލޭން ދަތުރު ފަށާފައި ވަނީ ފްލައިޓު ޝެޑިއުލް ދުރާލާ އާންމުކޮށް، ފަސިންޖަރުންނަށް ސީޓް ބުކް ކުރެވޭނެ ގޮތަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.