އެއާލައިން ހިންގުމުގެ ދާއިރާގައި ބޮޑު ކާމިޔާބީއެއް ހޯދަމުން އަންނަ މަންޓާ އެއާ އިން އަނެއްކާ ވެސް އިތުރު ސީޕްލޭނެއް ގެނެސްފި އެވެ.
ހަ ވަނަ ސީޕްލޭންގެ ގޮތުގައި ގެނައީ ޑީއެޗްސީ- 6-300 އެންމެފަހުގެ ޓްވިން އޮޓާ މަރުކާގެ ބޯޓެކެވެ. މި ސީޕްލޭންގައި ޖާމިން ޖީ950 އެންއެކްސްއައި ޓެކްނޮލޮޖީ ހިމެނެ އެވެ.
މަންޓާ އިން ބުނެފައިވާ ގޮތުގައި ޑޮމެސްޓިކް ދަތުރުތަކުގެ އިތުރުން ސީޕްލޭންގެ ހިދުމަތްތަކަކީ ދަތުރު ކުރުމުގައި އާންމުންނަށް ބޮޑު ލުއި ފަސޭހަ ކަމެއް ލިބޭނެ ހިދުމަތަކަށް ހަދާނެ އެވެ.
މި އަހަރު 10 ސީޕްލޭން ގެނައުމަކީ މަންޓާގެ އަމާޒެވެ. ރާއްޖޭގައި އެންމެ ފަހުން ވައިގެ ހިދުމަތް ދޭން ފެށި މި އެއާލައިނުން މިދިޔަ ހަފްތާ ވަނީ ސީޕްލޭން ޓާމިނަލެއް ހުޅުވައި، ސީޕްލޭންގެ ދަތުރުތައް ފަށައިފަ އެވެ.
މަންޓާ އެއާ އިން މިހާރު ދަތުރުތައް ކުރަނީ ދ. އާއި ބ. އަތޮޅަށެވެ. ކުރިއަށް އޮތްތަނުގައި އިތުރު މަންޒިލްތަކަށް ދަތުރުތައް ފަށާނެ ކަމަށް އެއާލައިނުން ބުނެ އެވެ.