ފެހެންދޫ ސްކޫލު ކުދިންގެ ފެރީ ބަންނަން ހަވާލުކޮށްފި

ބ. ފެހެންދޫ ސްކޫލް ކުދިން އެރަށާ އެއް ފަޅެއްގައި އޮންނަ ބ. ގޮއިދޫ ސްކޫލަަށް ދިއުމަށްޓަކައި ހަދާ ފެރީ ބަންނަން އަލްޝާލީ މެރިން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފިއެވެ.

މިއީ އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން މިއަހަރު ކުރިއަށް ގެންދާ މަޝްރޫއެކެވެ.

އިއްޔެ ހަވީރު އެޑިއުކޭޝަން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެކަމާ ގުޅޭ އެއްބަސްވުމުގައި އެ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ފިނޭންސް އެގްޒެކެޓިވް ނައުޝާދު އިބްރާހީމެވެ. އަދި އަލްޝާލީ މެރިން މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ އޮޕަރޭޝަންސް މެނޭޖަރު އިސްމާއިލް ޝަރީފެވެ.

އެ މަސައްކަތް ހަވާލުކޮށްފައިވަނީ 2.4 މިލިއަން ރުފިޔާއަށް 100 ދުވަހުން ނިންމާގޮތަށެވެ. އެހެންކަމުން އަންނަ އަހަރު މާޗުމަހު އެ މަސައްކަތް މުޅިން ނިމި އެ ފެރީ މިނިސްޓްރީއަށް ލިބޭވަރުވާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

ފެހެންދޫގައި އާބާދީ މަދުވެ އެރަށު ސްކޫލް ބަންދުކޮށްފައި ހުންނަތާ އަހަރު ތަކެއް ވެއްޖެއެވެ. އެކަމާ ގުޅިގެން އެރަށުގެ މަދު ދަރިވަރުން މިހާރު ކިޔަވަން ގޮއިދޫއަށް ދަނީ ޑިންގީއެއްގައެވެ. ނަމަވެސް ކަނޑުގަދަ ދުވަސްތަކުގައި އެފަޑަ ޑިންގީތަކުގައި ސްކޫލަށް ދިއުމަަކީ ވަރަށް ބޮޑު ތަކުލީފެކެވެ.

ފެރީ ބަންނަން ހަވާލުކުރިއިރު ބ. ފެހެންދޫއާއި ގޮއިދޫ ކޯޒްވޭއަކުން ގުޅާލަން އަންނަ އަހަރުގެ ބަޖެޓުގައިވެސް ސަރުކާރުން ވަނީ ހިމަނައިފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.