ކޯޕަރޭޓް ސްކޮލަޝިޕްގައި ބީއެމްއެލް އިން ބައިވެރިވެއްޖެ


ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މަތީ ތައުލީމާއި ޓްރެއިނިންގެ ފުރުސަތު ފޯރުކޮށްދިނުމަށް މިއަދު މިނިސްޓްރީ އޮފް ހަޔާ އެޑިއުކޭޝަންގެ ކޯޕަރޭޓް ސްކޮލަޝިޕް ސްކީމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މިއަދު ބޭއްވުނު ރަސްމިއްޔާތުގައި ބޭންކް އޮފް މޯލްޑިވްސްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ޓިމް ސޯޔަރއެވެ. އަދި މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަންގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ ޑރ. އިބްރާހިމް ހަސަން އެވެ.

ކޯޕަރޭޓް ސްކޮލަރޝިޕް ސްކީމްގެ ދަށުން ބީއެމްއެލްގެ މުއައްޒަފުންނަށް މަތީ ތައުލީމު ހާސިލްކުރުމަށް ރާއްޖެ އާއި ރާއްޖެއިން ބޭރުން ގިނަ ފުރުސަތު ތަކެއް ހުޅުވިގެން ދާނެއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ޓިމް ސޯޔަރ ވިދާޅުވީ މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން އާއި ގުޅިގެން ކޯޕަރޭޓް ސްކޮލަރޝިޕް ސްކީމުގައި ބައިވެރިވުމަކީ ލިބޭ ބޮޑު އުފަލެއް ކަމަށެވެ.

“އެކި ކޮލްޖްތަކާއި ޔުނިވަރސިޓީތަކާއެކު ބަދަހިކުރެވިފައިވާ ގުޅުންތަކުގެ ތެރެއިން އުނގެނުމުގެ ހަރުދަނާ މާހައުލެއް އުފެއްދުމަށާއި ސްޓާފުންނަށް އިތުރު ފުރުޞަތުތައް ހޯދަދިނުމަށް ދަނީ ކެނޑިނޭޅި މަސައްކަތް ކުރެވެމުން،”  

ބޭންކް އޮފް މޯލްޑިވްސްއަކީ ރާއްޖޭގެ އެންމެ ބޮޑު ބޭންކުގެ އިތުރުން ދިވެހިންނަށް އެންމެ ގިނައިން ވަޒީފާ ދެމުންގެންދާ އެއް ކުންފުންޏެވެ. ބޭންކުގެ 99 އިންސައްތަ މުވައްޒަފުންނަކީ ދިވެހިންނެވެ. ބޭންކުން ވަނީ މުވައްޒަފުންނާ ގުޅޭ ގޮތުން އެންމެ ކުރިއަރާފައިވާ ސިޔާސަތުތައް އެކުލަވާލައި ބޭންކުގެ ވަޒީފާ ދިނުމާއި ތަމްރީނު ކުރުން އަދި މުވައްޒަފުންގެ އަގުވަޒަންކުރުމުގެ ސިޔާސަތުތައް އެކުލަވާލައިފައެވެ. ބޭންކުގައި ވަޒީފާ އަދާކުރާ އެންމެ ރަގަޅު މުވައްޒަފުންގެ ޝަރަފުގައި އަދި އެފަރާތްތަކުގެ އިޚްލާސްތެރި ޚިދުމަތްތައް ފާހަގަކުރުމަށް ބޭންކުން އެކި ހަރަކާތްތައް ބާއްވައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.