ޑޭޓާ އެލަވަންސް އިތުރުކޮށް، އުރީދޫ “އެކު” ޕޯސްޓްޕެއިޑް ޕެކޭޖްތައް ތައާރަފްކޮށްފި

އުރީދޫ އިން އަލަށް ތައާރަފްކޮށްފައިވާ “އެކު” ޕޯސްޓްޕެއިޑް ޕްލޭންތަކާއި އެކު، ބޭނުންކުރައްވާ ކަސްޓަމަރުންނަށް ޚާއްސަ ޕެކޭޖުތަކެއް ތައާރަފުކޮށްފި އެވެ.

އުރީދޫން ބުނިގޮތުގައި ކަސްޓަމަރުންގެ ތަފާތު އެކި ބޭނުންތަކަށް ބެލުމަށް ފަހު، އެންމެ ގުޅޭގޮތަށް އެކުލަވާލެވިފައިވާ ޕޯސްޓްޕެއިޑް ޕެކޭޖްތައް މެދުވެރިކޮށް، ޑޭޓާ އެލަވަންސް އިތުރުވެ، އެންމެ ފަހުގެ މޮބައިލް ފޯންތައް އިންސްޓޯލްމަންޓް ޕްލޭންތަކުގެ ދަށުން ބައްލަވައިގަތުމުގެ ފުރުސަތު ލިބުންފަދަ، ދިރިއުޅުމަށް އިތުރު ފުރިހަމަކަމެއް ގެނެސްދޭ ތަފާތު އެކި ފައިދާތައް ލިބިގެންދާނެ އެވެ.

“އެންމެ މަގްބޫލު ޕޯސްޓްޕެއިޑް ޕެކޭޖްތަކަށް އިތުރު ފުރިހަމަކަމެއް މިހާރު މިވަނީ ގެނެވިފައި. “އެކު” ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް އުރީދޫ މޫލީ ބޭނުންކުރައްވައިގެން ޑިޖިޓަލްކޮށް ބާޒާރުކުރުމުގެ ޚިދުމަތާއި، އުރީދޫ އެޕް މެދުވެރިކޮށް ފަސޭހަކަމާއި އެކު ބިލް ދެއްކުމާއި، އުރީދޫ ނެކްސްޓް، ސޯޝަލް މީޑިޔާ އަދި ޗެޓްއިން ކަސްޓަމަރުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެވޭނެ.” އުރީދޫގެ ޕޯސްޓްޕެއިޑް ބިޒްނަސް މެނޭޖަރ، ދިޔާނާ އަފީފް ވިދާޅުވިއެވެ.

“އެކު” ޕޯސްޓްޕެއިޑް ޕެކޭޖްތަކާއި އެކު ކަސްޓަމަރުންނަށް ލިބިގެންދާ ތަފާތު ގިނަގުނަ ފައިދާތަކުގައި ހިމެނެނީ:

  • ރާއްޖޭގެ އެންމެ ބޮޑު ޑޭޓާ އެލަވަންސްތައް
  • އޮޕްޓިމައިޒް ކުރެވިފައިވާ ވީޑީއޯ ސްޓްރީމިންގ
  • ވައިފައި ކޯލިންގ
  • އެޗްޑީ ވޮއިސް މެދުވެރިކޮށް ކުރެވޭ އެންމެ ސާފުކޮށް އަޑު ފޯރުކޮށްދެވޭ ވޮއިސް ކޯލްތައް
  • އީ-ސިމްގެ ޚިދުމަތް
  • އެންމެ ފަހުގެ ފޯންތައް އިންސްޓޯލްމަންޓް ޕްލޭންތައް މެދުވެރިކޮށް
  • ތަފާތު އެކި ކަސްޓަމަރުންގެ ބޭނުންތަކާ ގުޅޭގޮތަށް އެކުލަވާލެވިފައިވާ ޕްލޭންތައް

މީގެ އިތުރުން “އެކު” ޕޯސްޓްޕެއިޑް 1000 ޕްލޭން އާއި މަތީގެ ޕްލޭންތައް އިޚްތިޔާރުކުރައްވާ ކަސްޓަމަރުންނަށް، އިތުރު ފަސޭހަކަމާއި އެކު ގިނަގުނަ ޚިދުމަތްތަކެއް ލިބިގެންދާ ކްލަބް ޕްރިމިއަރގެ ފައިދާތައްވެސް ލިބިގެންދާނެ ކަމަށް އުރީދޫން ބުންޏެވެ.

  • ކްލަބް ޕްރެމިއަރ ކަސްޓަމަރުންނަށް ހިލޭ ފޯރުކޮށްދެވޭ ލައިފް އިންޝުއަރެންސް
  • ދުނިޔޭގެ އެކިކަންކޮޅުތަކުން 1300 އަށްވުރެ ގިނަ އެއަރޕޯޓްތަކުގައިވާ ލައުންޖްތަކުން ޚިދުމަތް ހޯދުމަށް ބޭނުންކުރެވޭ ޕްރަޔޮރިޓީ ޕާސް
  • ރާއްޖެ އާއި ރާއްޖޭން ބޭރުގެ ޕާޓްނަރުން ދެއްވާ ހާއްސަ ޑިސްކައުންޓްތައް
  • ކްލަބް ޕްރިމިއަރ ލައުންޖްގެ ޕްރީމިއަމް ޚިދުމަތްތައް
  • ކްލަބް ޕްރިމިއަރ ކަސްޓަމަރުންނަށް ޚާއްސަކުރެވިފައިވާ ހެލްޕްލައިން
  • އުރީދޫ އިން ފޯރުކޮށްދޭ ޚިދުމަތްތަކާއި ހިންގާ ޕްރޮމޯޝަންތަކާއި ގުޅޭ ޚާއްސަ އޮފަރތައް

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ore.do/postpaid އަށް ޒިޔާރަތްކުރެއްވުމުން އުރީދޫ ޕޯސްޓްޕެއިޑް ޚިދުމަތްތަކާއި ގުޅޭ ތަފްސީލްތައް ލިބިވަޑައިގަންނަވާނެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.