މަސްވެރިޔާ ކާޑު ބޭނުންކޮށްގެން އެއްލައްކަ ރުފިޔާ ލިބުމުގެ ފުރުސަތު

ބޭންކް އޮފް މޯލްޑިވްސް އިން މިއަހަރު ތައާރަފް ކުރި މަސްވެރިޔާ ކާޑު ބޭނުންކޮށްގެން ވިޔަފާރި ކުރާ ފަރާތްތަކަށް ހާއްސަ ޕްރޮމޯޝަން އެއް ފަށައިފިއެވެ.

ބީއެމްއެލް އިން ބުނީ މަސްވެރިންގެ ދުވަހާ ގުޅުވައިގެން ކުރިޔަށް ގެންދާ ހާއްސަ ހަރަކާތްތަކުގެ ތެރެއިން މިއަދު ފެށި މި ޕްރޮމޯޝަންގައި މަސްވެރިޔާ ކާޑު ބޭނުންކޮށްގެން ވިޔަފާރި ކުރާ ފަރާތްތަކުގެ މެދުގައި ނެގޭ ގުރުއަތުން ހޮވޭ ފަރާތައް އެއްލައްކަ ރުފިޔާގެ ފައިސާގެ އިނާމު ލިބިގެންދާނެ ކަމަށެވެ.

މަސްވެރިޔާ ކާޑަކީ ދޯނީގެ ކެޔޮޅުންނާއި ފަޅުވެރިންނަށް ފައިސާ ލިބިގަތުމަށާއި ކުރަންޖެހޭ ޚަރަދުތައްކުރުމަށް ބޭނުންކުރެވޭގޮތަށް ފަރުމާކުރެވިފައިވާ ކާޑެކެވެ. މަސްދޯނިތަކަށް ބޭނުންވާ ތެޔޮ އަދި އައިސް ގަތުމުގެ އިތުރުން ފަޅުވެރިންނަށް ލިބެންޖެހޭ ފައިސާވެސް އެ ފަޅުވެރިންގެ މަސްވެރިޔާ ކާޑަށް ފޮނުވާލެވޭނެއެވެ. މި ކާޑު ޕީއޯއެސް، އޭޓީއެމް އަދި ކޭޝް އެޖެންޓް ޚިދުމަތް ހޯދުމަށްވެސް ބޭނުންކުރެވޭނެއެވެ. އަދި މީގެ އިތުރުން އޮންލައިން ވިޔާފާރިކުރުމަށާއި ރާއްޖޭން ބޭރުގައިވެސް މިކާޑު ބޭނުން ކުރެވޭނެއެވެ.

ބީއެމްއެލް އިން ބުނީ މިހާރު ހުޅުމާލޭ ހުރަވީ ސްކޫލުގައި ކުރިޔަށްދާ މަސްވެރިންގެ އެކްސްޕޯގައިވާ ބީއެމްއެލްގެ ސްޓޯލުން މަސްވެރިޔާ ކާޑާ ގުޅޭ މައުލޫމާތު އަދި މި ކާޑަށް އެދި ހުށަހަޅާ ފޯމުވެސް ލިބެން ހުންނާނެ ކަމަށެވެ.

މި ހާއްސަ ޕްރޮމޯޝަން ކުރިޔަށް ދާނީ 10 މާރިޗު 2020 ގެ ނިޔަލަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.