ބެޑްމިންޓަން ޓީމަށް ހޫނު މަރުހަބާއެއް ކިޔައިފި

އޭދަފުށީ ބެޑްމިންޓަން ޓީމަށް މަރުހަބާ ކިޔަނީ– އީޓީ ފޮޓޯ / ޒަހާން ޒާހިރު

މާލޭގައި ކުރިއަށް ދިޔަ 5 ވަނަ އަތޮޅު ލީގު ގައުމީ ބެޑްމިންޓަން މުބާރާތުގެ ޗެމްޕިއަންކަން ހޯދި އޭދަފުށީ ބެޑްމިންޓަން ޓީމު އެނބުރި ރަށަށް އައުމުން އިއްޔެ ހޫނު މަރުހަބާއެއް ކިޔައިފި އެވެ.

އޭދަފުށީ ރަސްމީ ފާލަމުން މަރުހަބާ މަރުހަބާ ދެންނެވީ އަތޮޅު ކައުންސިލަރުންނާސްި ރަށު ކައުންސިލަރުންނެވެ. މީގެ އިތުރުން ވެސް އޭދަފުށީގައި ހުރި ސަރުކާރު އޮފީސްތަކުގެ އިސްވެރިންނާއި ބައެއް އާއްމުންވެސް ޓީމަށް މަރުހަބާ ކިޔުމަށް ފާލަން ކައިރިއަށް ވަޑައިގަތެވެ. ކުޅުންތެރިން ޗެމްޕިއަން ޓްރޮފީއާއެކު ރަށަށް ފޭބި ވަގުތު ބޮޑުބެރުގެ އައިޓަމްތަކެއް ވެސް ކުރިއަށް ދިޔަ އެވެ.

ފަސް ވަނަ އަތޮޅު ލީގުގެ ފިރިހެން ޑަބަލްސް ޗެމްޕިއަންކަންވެސް ހޯދީ އޭދަފުށީ ބީޑީސީގެ ކުޅުންތެރިންނެވެ. އެއީ ބ. އޭދަފުށީ އަބްދުލްމަތީން އަހުމަދާއި ހުސެއިން މުހައްމަދުގެ ޕެއާ ފައިނަލުގައި އައްޑޫ ސިޓީގެ އިބްރާހިމް މުހައްމަދާއި އިބްރާހިމް ނަޝީދުގެ ޕެއާ އަތުން ސީދާ ދެ ސެޓުން މޮޅުވެގެންނެވެ. އަދި މުބާރާތުގެ އަތޮޅު ލީގުގެ ފިރިހެން ސިންގަލްސް ފައިނަލުގައި ފުވައްމުލަކު ސައުދުﷲ އިބްރާހިމް އަތުން ސީދާ ދެ ސެޓުން ކާމިޔާބުކޮށް ޗެމްޕިއަންކަން ހޯދީ ބ. ގޮއިދޫ އަލީ ޝަރުމީލެވެ.

މިއީ ގައުމީ ފެންވަރުގެ މުބާރާތަކުން އޭދަފުއްޓަށް މިހާތަނަށް ލިބުނު އެންމެ ބޮޑު އެއް ކާމިޔާބީ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.