ސްނޯކްލިން އަށް ގޮސް އުޅުނު ޓޫރިސްޓަކު މަރުވެއްޖެ

އަނަންތަރާ ކިހަވައް ވިލާސް
އަނަންތަރާ ކިހަވައް ވިލާސް

 

އަނަންތަރާ ކިހަވައް ވިލާސް ރިސޯޓުގައި ސްނޯކްލިން އަށް ގޮސް އުޅުނު ފިރިހެން ޓޫރިސްޓަކު ގެނބިގެން މިއަދު މަރުވެއްޖެ އެވެ.

އީޓީއަށް އެނގިފައިވާ ގޮތުގައި އެ ރިސޯޓުގައި ޗުއްޓީ ހޭދަކުރަމުންދިޔަ ޗައިނާގެ ޒަންގް ލި ނާ، 27، މަރުވެފައިވަނީ މިއަދު ހެނދުނު އަންހެނުންނާއެކު ސްނޯކްލިން އަށް ގޮސް އުޅެނިކޮށް ގެނބިގެންނެވެ.

ބ. އަތޮޅުހޮސްޕިޓަލުން ބުނީ ހެނދުނު 11:30 ހާއިރު ހޮސްޕިޓަލަށް ގެނައިރު އޮތީ މަރުވެފައި ކަމަށެވެ.

“ސްނޯކްލިން އަށް ގޮސް އުޅެނިކޮށް އޭނާ ގެނބިގެން މަރުވިކަމަށް ވަނީ. އޭނާ ހޮސްޕިޓަލަށް ގެނައިއިރުވެސް އޮތީ މަރުވެފައި” އޮފިޝަލު ވިދާޅުވި އެވެ.

އެނގިފައިވާ ގޮތުގައި ޗައިނާގެ އެ ދެމަފިރިން ހަނީމޫނު ހޭދަކުރަން އެ ރިސޯޓަށް އައީ މި ހަފްތާ ތެރޭގަ އެވެ.

އޭނާ މަރުވި މައްސަލަ ފުލުހުން މިހާރު އަންނަނީ ތަހުގީގުކުރަމުންނެވެ.

މިއަތޮޅު ރީތި ބީޗު ރިސޯޓް ފަޅުތެރޭގައި ޑައިވިންކުރަން ދާން ތައްޔާރުވާން އުޅުނު އަންހެން ޓޫރިސްޓަކު ލޯންޗެއްގެ ބުރަފަތީގައި ޖެހި މިއަހަރުގެ ޖޫން މަހުގެ ތެރޭގައިވަނީ ވަރަށް ބޮޑަށް ޒަހަމުވެސް ވެފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.