
2008 ވަނަ އަހަރުގެ ސާފު ޗެމްޕިއަންޝިޕްގެ ކޮލޮމްބޯގައި ކުޅެވުނު މެޗުގެ 88 ވަނަ މިނިޓްގައި އިންޑީޔާ ކޮޅަށް ގޯލެއްޖަހައި ދިވެހިރާއްޖެއަށް ފުޓުބޯޅައިން އެންމެ ފުރަތަމަ ރަން މެޑެލް ހޯދަދިން ރަންގޯލުގެ ވެރިޔާ މުޙުތާރު ނަސީރު (ޓޫ ކިލޯ) އެމްޑީޕީއަށް ސޮއިކޮށްފި އެވެ.
އެތައްޒަމާނެއްވަންދެން ދިވެހިން ދެކުނު ހުވަފެން ހަޤީގަތަކަށް ހަދައި ރަން ގޯލް ޖަހައި ދިން މުޙުތާރު ނަސީރު އެމްޑީޕީއަށް ސޮއިކުރީ ރޭ ބ. އޭދަފުށިގައި ބޭއްވި “ރައީސް ނަޝީދާއި އެކު އެއްބުރުން” ދަތުރުތައް ނިންމާލި ޖަލްސާގަ އެވެ.
ރޭ ޓޫ ކިލޯ އެމްޑިޕާއާއި ގުޅިވަޑައިގަތުމަށް ފަހު ވިދާޅުވީ، ރައީސް ނަޝީދަށް މި އިންތިޚާބުގައި ލާ ވޯޓަކީ އެމަނިކުފާނުގެ ކުޅިވަރު ސިޔާސަތައް ލާ ވޯޓެއް ކަމަށާއި، ރާއްޖޭގެ އެންމެހާ ޒުވާނުން މިއަދު ބޭނުންވަނީ ރަށު ބޯޅާދަނޑުތައް ޒަމާނީ ފެންވަރަށް ހެދޭނެ ވެރިއެއް ކަމަށާއި، އެ ވެރިއަކީ ރައީސް ނަޝީދު ކަމަށެވެ.
މުޙުތާރު ނަސީރު ސޮއިކުރެއްވީ “ރައީސް ނަޝީދުއާއި އެކު އެއްބުރުން” ދަތުރުތަކުގައި އިސް ލީޑަރަކަށް އުޅުއްވާ ތޮއްޑޫ ދާއިރާގެ މަޖިލިސް މެމްބަރ އަދި އެމްޑީޕީގެ ޕާލިއަމަންޓަރީ ގްރޫޕުގެ ޑިޕިއުޓީ ލީޑަރ އަލީ ވަޙީދުއާއި އެބޭފުޅާގެ ޓީމުގެ ހާޒިރުގައެވެ.
މުޙުތާރު ނަސީރު (ޓޫ ކިލޯ) އަށް މަރުޙަބާ! ކުޅިވަރުގެ މައިދާނުގައި ޝާމިލުވާ އެންމެހާ ޒުވާނުންގެ އުންމީދަކީ އެމް.ޑީ.ޕީ ކަމުގައި ޤަބޫލުކޮށް މިފަހަރު އެމް.ޑީ.ޕީ އަށް ވޯޓު ދެއްވުން އެދެން.