
ނޭޕާލްގައި މިހާރު ކުރިއަށްދާ ސާފްޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ބައިވެރިވާ ދިވެހި ޓީމްގައި އޭދަފުށީގެ 3 ކުޅުންތެރިން ހިމެނިގެން ދިއުމަކީ މުޅި ބ. އަތޮޅުވެސް އެކަމާ އުފާކުރާކަމެކެވެ. ޚާއްސަކޮށް ފުޓްބޯޅައިގެ ދިގު ތާރީޚެއް އޮތް އޭދަފުށީގެ ރައްޔިތުންނަށް ލިބިގެންދިޔަ ވަރަށްވެސް ބޮޑު އުފަލެކެވެ. މިއަދު މީ މުޅި ދިވެހި ޤައުމުވެސް ފަހުރުވެރިވާފަދަ މޮޅު ކުޅުމެއްކުޅެ ތަފާތު ބޮޑު ނަތީޖާއަކުން ބޫޓާން ބަލިކުރި ދުވަހެވެ. ތަފާތު ބޮޑު ނަތީޖާއަކުން ބޫޓާން ބަލިކުރިއިރު އަޅުގަނޑުމެންނަށް ލިބުނު އެންމެ ބޮޑު އުފަލަކީ އޭދަފުއްޓަށް އުފަން ޒުވާން ކުޅުންތެރިޔާގެ ފަރާތުން ފެނުނު ހިތްގައިމު ކުޅުމެވެ. ހިތްގައިމު ދެގޯލެވެ.
ޤައުމީ ޓީމުގެ ޖޯޒީގައި ގޯލެއް ޖެހުމަކީ ކޮންމެ ކުޅުންތެރިއަކުވެސް ދެކެން ބޭނުންވާނެ ދުވަހެއްކަން ޔަގީނެވެ. ސެންޓޭ ޤައުމީ ޓީމުގައި ދައްކަމުންދާ ކުޅުމަށް މުޅި ދިވެހި ޤައުމުގެ ތައުރީފް އޮހެނީ ސަބަބުތަކެއް ނެތިއެއް ނޫނެވެ. އޭނަގެ ހުނަރުވެރިކަމުންނެވެ. ކާމިޔާބާއި ހަމައަށް ދިއުމަށް ކުރާ ބުރަ މަސައްކަތެވެ. ދިވެހި ޤައުމަށް ހިނިތުންވުން ގެނެސްދިނީތީ ޝުކުރިއްޔާއެވެ. ސެންޓޭއަށް ވަރަށް އުފާވެރި އުފަންދުވަހަކަށް އެދެމެވެ.
ސެންޓޭ ހަބޭސް….