ގޮއިދުއާ އެކު އޭދަފުށި ފައިނަލަށް

އޭދަފުށި – ދަރަވަންދޫ ބައްދަލުކުރި މެޗްގެ ތެރެއިން– އީޓީ ފޮޓޯ / އަބޫ ޔައުލާ

ބ. އެޓޯލް ފުޓްބޯލް ޗެލެންޖުގެ ސެމީ ފައިނަލުގެ ދެވަނަ މެޗުގައި ދަރަވަންދުއާވާދަކޮށް 4-1 އިން މޮޅުވެ، އޭދަފުށީ ސީސީ ސްޕޯޓްސް މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފި އެވެ.

އޭދަފުށްޓަށް ލީޑުނަގައި ދިނީ 12 ވަނަ މިނިޓުގައި މިއަދު މެޗުގައި ކެޕްޓަން ބޭންޑު އަޅައިގެން ކުޅުނު މުޙަންމަދު ފާސިރެވެ. އަދި 32 ވަނަ މިނިޓުގައި އޭދަފުށީ ޓީމަށް ކުޅޭ ދިވެހިރާއްޖޭގެ ޤައުމީ ޓީމުގެ ކެޕްޓަން އަލީ އަޝްފާގު ވަނީ އިތުރު ލަނޑެއް ޖަހާ ލީޑު ފުޅާ ކޮށްފައެވެ. ތިންވަނަ ލަނޑު އޭގެ 3 މިނިޓު ފަހުން ލިބުނު ޕެނަލްޓީއަކުން ކާމިޔާބު ކޮށްދިނީ އަލީ ފާސިރު (ސެންޓޭ) އެވެ.

ދެވަނަ ހާފު ފެށުނުތާ މާ ގިނައިރުތަކެއް ނުވެ 54 ވަނަ މިނިޓުގައި ދަރަވަންދުއަށް ލިބުނު ޕެނަލްޓީއަކުން އެޓީމަށް ސުން ކަނޑުވައިދިނީ ޔަސްފާދު ހަބީބެވެ. އޭދަފުށީގެ ހަތަރުވަނަ ލަނޑުޖަހައިދިނީ 73 ވަނަ މިނިޓުގައި، އެޓީމުގެ ދެވަނަ ލަނޑުވެސް ޖަހައިދިން، މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ހޯދި އަލީ އަޝްފާގެވެ.

މެޗުގައިއޭދަފުށީ ޓީމުގެ އަބްދުﷲ ޒައީމު (އައްބި) އާއި އަލީ ފާސިރަށް ރީނދު ކާޑު ދައްކައިފައި ވާއިރު ދަރަވަންދޫ ޓީމުގެ ޝާމިހު އަލީ އާއި އަލީ ޝަހީމަށްވެސް ވަނީ ރީނދު ކާޑު ދައްކައިފައެވެ. އަދި އެ ޓީމުގެ ގޯލް ކީޕަރު މުޙަންމަދު ނިޝާހަށް ވަނީ، އޭރިޔާގެ ބޭރުން އޭދަފުށީ ޓީމުގެ އަލީ އަޝްފާގަށް ކުރި ފައުލަކާ ގުޅިގެން ދެވަނަ ރީނދު ކާޑަކާއެކު ރަތް ކާޑެއް ދައްކާފައެވެ.

މުބާރާތުގެ ފައިނަލުގައި ބުރާސްފަތި ދުވަހު އޭދަފުށްޓާއެކު ގޮއިދޫ ބައްދަލު ކުރާއިރު، މި މެޗު ވީޓީވީ އިން ލައިވް ކުރާގޮތަށް ވަނީ ހަމަޖެހިފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.