
މިމަހު 28 ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އޭދަފުށިން ޑީއާރުޕީގެ އެންމެ ވޯޓެއްވެސް އެމްޑީޕީއަށް ނުލިބޭނެ ކަމަށް އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް (ރެޑްވޭވް ސަލީމް) ވިދާޅުވެއްޖެ އެވެ.
ދެވަނަ ބުރުގައި ޔާމީނަށް ވޯޓްހޯދުމަށް ރޭ މިރަށު ނާޒުގޭ ކަންމަތީގައި ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ސަލީމް ވިދާޅުވީ އެމްޑީޕީއަށް ޑީއާރުޕީގެ ވޯޓް އަތުލެވިދާނެ ކަމަށް ހީވިނަމަވެސް އޭދަފުށިން ޑީއާރުޕީގެ އެންމެ ވޯޓެއްވެސް އެމްޑީޕީއަށް އަތުނުލެވޭނެ ކަމުގެ ސަތޭކަ ޕަސެންޓް ޔަގީންކަން އެބައޮތް ކަމަށެވެ.
ސަލީމް ވިދާޅުވީ ރައީސް ނަޝީދަށް ވެރިކަން ލިބިއްޖެނަމަ އެންމެ ފުރަތަމަވެސް ކުރާގޮތަށްއޮތީ ހަ ލައްކަ ބިދޭސީން ރާއްޖޭގެ ރައްޔިތުންނަށް ހެދުން ކަމަށާއި އެގޮތުން ހުޅުލެއިން ބައެއްގަ ދިރިއުޅެވޭ ގޮތަށް އަދި އިތުރު ދެ ފަޅުދޭގޮތަށް މިހާރު ހަމަޖައްސައިފައިވާ ކަމަށެވެ.
“އެ ތަނުގައި އާބާދު ކުރަނީ އަވައްޓެރި ގައުމެއްގެ މީހުންނާ ޔަހޫދީ ބައެއް ވަޒަންވެރިން. މިތާ ވަޒަންވެރި ކުރުވަނީ. އަދި ފަސް އަހަރުތެރޭ އެމިހުން މި ގައުމުގެ ރައްޔިތުންނަށް ވެގެންދާނެ. އެ އެގްރީމެންޓް މިހާރު ހަދާފަ އޮތީ. ހަމައެކަނި ސޮއިކޮށްލަން ޖެހޭނީ” ސަލީމު ވިދާޅުވި އެވެ.
ސަލީމް ވިދާޅުވީ ރައީސް ނަޝީދަށް ދެން މިގައުމުގެ ވެރިކަމަށް ނާދެވޭނެ ކަމަށާއި އޭނާ އަށް ފުރަތަމަ ބުރުގައި ލިބުނު 95 ހާސް ވޯޓަކީ މަކާރާއި ހީލަތުން އޮޅުވާލައިގެން ލިބިފައިވާ ވޯޓްތަކެއް ކަމަށެވެ. ދެވަނަ ބުރުގައި އޭދަފުށީ ރައްޔިތުން ނަޝީދުއަށް ވޯޓް ނުދޭނެ ކަމަށާއި އޭދަފުށިން 10 ޕަސެންޓްވެސް ނަޝީދަށް ނުލިބޭން ކަމަށް ސަލީމް ވިދާޅުވި އެވެ.
“އެހެން ނަމަވެސް ފައިސާގެ ކުޅި މިހާރުވެސް ކުޅެމުން ދަނީ. އެ މަޅީގައި އޭދަފުށީ ރައްޔިތުން ނުޖެއްސޭނެ. އަޅުގަޑަށް ހަނދާންވާގޮތުން މިހާރުވެސް މިރަށަށް ކޮންމެވެސް މީހަކު އަރައިގެން އެބައުޅޭ ފައިސާ ހިފައިގެން. އެހެންވީމަ އެ ފައިސާގެ ދަޅައިގައި ޖައްސައިން ޒުވާން ކުދިން މަގުފުރައްދައިގެން ވޯޓް ހޯދަން މަސައްކަތް ކުރަނީ. އަޅުގަނޑު ދަންނަވާލަން އޮތީ އެ ދަބަސް ތިބޭފުޅުންނަށް ދިމާވެއްޖިއްޔާ އެ ދަބަސް އަތުލާށޭ. އެ ދަބަހުގައު ހުރި ލާރިކޮޅު އަޅުގަނޑުމެންގެ ތެރޭގެ މީހުންނަށް އެ ބަހާލާށޭ. އެއީ އެމީހުންގެ ފައިސާއެއްނޫން. އެއީ ދައުލަތުގެ ބަޖެޓުން ނަގާފައިހުރި 4.7 ބިލިއަން ރުފިޔާ ވަގަށް ނަގާފައި ހުރިފައިސާ އެއީ. އެމީހުންނަކީ ތިން އަހަރުދުވަހު ވެރިކަން ކުރި ބައެއް. ކިހިނެއްތޯ އެވަރަށް ފައިސާ ބަހާނީ.” ސަލީމް ވިދާޅުވި އެވެ.
ސަލީމް ވިދާޅުވީ ރައްޔިތުންގެ ހައްގުގައި ކުރަންޖެހުނު ކޮންމެ ކަމެއް އަދި އަޅަން ޖެހުނު ކޮންމެ ފިޔަވަޅެއް ޔާމިން އަޅުއްވާނެ ކަމަށާއި ޔާމީން މިގައުމުގެ ރައީސްކަމަށް އިންތިހާބުކޮށްގެން ނޫނީ ގައުމު ސަލާމަތްކުރެވޭނެ އެއްވެސްގޮތެއް ނެތްކަމަށެވެ. އަދި އަބްދުﷲ ޔާމީން އަކީ ރައީސް މައުމޫން ސީދާ ވެރިކަމަށް ތައްޔާރުކުރެއްވި ބޭފުޅެއްކަމަށްވެސް ސަލީމް ވިދާޅުވި އެވެ.
“އެކަމަކު ރައީސް މައުމޫން އޮފީސް ކައިރި ހިނގި މީހުންވެސ އެތިބީ ވެރިކަމަށް ކުރިމަތިލާފަ. އެހެންވީމާ ކަމަށް ތައްޔާރުކުރި މީހަކާ ރައީސް މައުމޫން އޮފީސް ކައިރީ ހިނގި މީހަކު ވެރިކަމަށް ކުރިމަތިލާއިރު ތިން ތިޔަބޭފުޅުން ވިސްނަވާ އަބްދުﷲ ޔާމިން ފެންވަރު ހުންނާނެ ވަރު ގައުމެއް ހިންގުމުގައި. މިއީ މިކަމަށް ސީދާ ފުރަތަމަ ދުވަހުން ފެށިގެން މައުމޫން ޓްރެއިނިން ކުރި މީހެއް” ސަލީމް ވިދާޅުވި އެވެ
ސަލީމް ވިދާޅުވީ ޔާމީނަށް ވެރިކަން ލިބޭތާ މާލަހެއްނުވެ ނަޝީދު ހައްޔަރޮކޮށް ޖަލަށްލާނެ ކަމަށާއި މިހާތަނަށް އެ ޝަރީއަށް ނުހިންގި އޮތީ އެއީ އެމީހުންގެ ނުފޫޒާއި ބާރުގެ ސަބަބުން ކަމަށެވެ. ނަމަވެސް ޔާމީނަށް ވެރިކަން ލިބުމުން އެ ބާރާއި ނުފޫޒު އެމީހުންނަށް (އެމްޑީޕީއަސ) ނުހިންގޭނެ ކަމަށްވެސް ވިދާޅުވި އެވެ.
ރޭ ބޭއްވި ބައްދަލުވުމުގައި ޕީޕީއެމްގެ އޭދަފުށީގެ ބައެއް އިއްޒަތްތެރިންނާއި ޑީއާރުޕީގެ ގިނަ އަދަދެއްގެ ސަޕޯޓަރުންވެސް ބައިވެރިވި އެވެ.
ސަލީމު ކޮސްނުތަޅާބަލަ ! ހައުސިން މިނިސްޓަރު ގެކޮޅުކުރިމަތީގައި މިރަށުބިން ހިއްކަންވެގެން ކިއޫގައި މަ ހުރެ މިހާރު ފައި ވާޅުވެއްޖެ. ހެޔޮ ނުވާނެ ކިޔޫއަށް އަރަން ވަޑައިގަންނަވާފައި ތި ދައްކަވާ ވާހަކައެއް ދައްކާބަލަ ! ސަލީމު ހީކުރަނީތަ އޭދަފުށީ މީހުން ނަކީ ގަމާރުބައެއްކަމަށް . އެއަށްވުރެ މާ ހޭލުންތެރި ރައްޔިތުން އުޅޭ ރަށެއް މިރަށުމީހުންނަކީ . ރައްޔިތުން މަޖިލީހުގައި މިރަށި ބިން ހިއްކުމާއި ގުޅޭގޮތުން ވިދާޅުވި ބަސް ހާދައަވަހޭ ހަނދުމަފުޅު ނެތުނުލެއްދޯ ! ލަދުން ބޯ ހަލާކުވާވަރުވޭ !
ސަލީމު ޖޯކުވާހަކަ ދައްކަނީދޯ. މިފަދަ ހޭލުންތެރި ޒަމާނުގައި ތިކަހަލަ ބޯދާވަހަކަތައް ކާކު ގަބޫލުކުރާނީ. ސަލީމުވެސް ތަންކޮޅެއް ހަރުދަނާ ވާހަކައެއް ދައްކަބަލަ. އޭދަފުށީމީހުން ތިހާ ބޯބުރާންޗެއްނޫން. ވަރަށް ސަލާމް