އަމާޒަކީ މުޅި ބ. އަތޮޅަށް ކުކުޅު ބިސް ސަޕްލައި ކޮށްދިނުން: ނަސީރު

ހިތާދޫ ހިޔާ މުޙައްމަދު ނަސީރުގެ ކުކުޅު ފާމް– ފޮޓޯ / ހިތާދޫ އޮންލައިން

މިދިޔަ އަހަރު ދިރޭތަކެތީގެ ވިޔަފާރި ކުރުމަށް ބ. ހިތާދޫން ދޫކުރި ބިންތަކުގެ ތެރެއިން އެރަށު ހިޔާ މުޙައްމަދު ނަޞީރުގެ ބިމުގައި ހަދަމުންދާ ކުކުޅު ފާމް އިމާރާތް ކުރުމުގެ މަސައްކަތް ނިމި އަންނަ މަހުގެ ތެރޭގައި ފާމްގެ މަސައްކަތް ފެށޭވަރު ވާނެކަމަށް އެފަރާތުން ބުނެފި އެވެ.

މުހައްމަދު ނަސީރު ވިދާޅުވީ ޒަމާނީ ވަޞީލަތް ބޭނުން ކޮށްގެން ކުކުޅު އާލާ ކުރުމަށް ހިންގާ މި މަޝްރޫއަކީ ތަޖުރިބާ ކުރުމުގެ ގޮތުން ކުރިއަށް ގެންދާ މަޝްރޫއެއްކަމަށާއި ނަތީޖާ ރަނގަޅުނަމަ މި މަސައްކަތް ފުޅާކުރުމަށް ރާވާފައިވާކަމަށެވެ.

ނަސީރު ވިދާޅުވި ގޮތުގައި އޭނާގެ އަމާޒަކީ މުޅިއަތޮޅަށް ކުކުޅާއި ބިސް އެތެރެކުރަން ނުޖެހޭވަރުގެ ސްޓޮކެއް ތައްޔާރުކޮށް ސަޕްލައި ކޮންދިނުމެވެ. އަދި އަންނަ އަހަރުގެ މެދުތެރޭގައި ތާޒާބިހުގެ ފުރަތަމަ ސްޓޮކް ނެރެވޭވަރު ވާނެކަމަށް އުންމީދު ކުރާކަމަށްވެސް އޭނާ ވިދާޅުވި އެވެ.

” އަޅުގަނޑުގެ އަމާޒަކީ މުޅިއަތޮޅަށް ބޭރުން ކުކުޅާއި ބިސް އެތެރެކުރަން ނުޖެހޭވަރުގެ ސްޓޮކެއް ތައްޔާރުކޮށް ސަޕްލައި ކޮށްދިނުން” ނަސީރު ބުންޏެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.