ކުރިއަށް އޮތް ދެ ތިން ހަފުތާއެއްގެ ތެރޭގައި މަސައްކަތް ނިންމާލެވޭނެ: ކައުންސިލަރ

ބ. ހިތާދޫގައި ކޮންނަމުންދާ ފަޅުގެ މަސައްކަތް ދެ ތިން ހަފްތާއެއްގެ ތެރޭގައި ނިންމާލެވޭނެ ކަމަށް ހިތާދޫ ކައުންސިލަރ ޢާމިރު ޢަބްދުއްލަތީފު ވިދާޅުވެއްޖެ އެވެ.ތަކެތި ލިބުމުގެ ދަތިކަން ކުރިމަތިވުމާ ގުޅިގެން މަސައްކަތް ދިގުލައިގެން ދިޔަ ކަމަށް ވިޔަސް މިހާރު މަސައްކަތް ދާ ގޮތާ މެދު ހިތްހަމަޖެހުން ފާޅު ކުރައްވަމުން އޭނާ ވިދާޅުވީ ރައްޔިތުން ބޭނުންވީ ފަޅުގެ ދިގު މިނުންނާއި ފުޅާ މިނުން ވެސް 50 ފޫޓު އިތުރު ކުރަން ކަމަށް ވިޔަސް، އިތުރު ކުރެވުނީ ހަމައެކަނި ދިގު މިނުން 50 ފޫޓު ކަމަށެވެ.ޢާމިރު އިތުރަށް ވިދާޅުވީ ސަރުކާރުން ކުރިން ވިދާޅުވެފައި އޮތީ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ހުއްޓާނުލާ، ދެވަނަ ފިޔަވަހީގެ މަސައްކަތް ވެސް ފަށަން ކަމަށާއި އެހެން ނަމަވެސް ބަޖެޓުގެ ދަތިކަން ހުރުމުން މިހާރު ދެވަނަ ފިޔަވަހި ފެށޭނެ ދުވަހެއް ބުނަން ނޭނގޭ ކަމަށެވެ.

ދެވަނަ ފިޔަވަހީގައި ހިމެނެނީ ބޭރު ތޮށީގައި ބޮޑު ހިލަ ޖެހުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

“ސަރުކާރުން ކުރިން ވިދާޅުވެފައި އޮތީ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ހުއްޓާ ނުލާ ދެވަނަ ފިޔަވަހި ވެސް ފަށާނަމޭ. އެހެން ނަމަވެސް މިހާރު ވިދާޅު ވަނީ ބަޖެޓުގެ ދަތިކަމާ ހުރެ ދެވަނަ ފިޔަވަހި ފެށޭކަށް ނެތޭ އަދި ފެށޭނެ ދުވަހެއް ވެސް ބުނާކަށް ނޭނގެ. ދެން އަޅުގަނޑުމެން އެ ދުނިން ނެރުގެ ދެ ފައިކަށިން ބައެއް ނަމަވެސް ޖަހައި ދިނުމަށް. އެކަމަކު އެ ކަމެއް ވެސް އަދި ވާ ގޮތެއް ނުވޭ. ފުރަތަމަ ފިޔަވަހިން މި ނިމެނީ ހަމައެކަނި އެއްގަމު ތޮއްޓާއި ދެ ކޮޅު،” ޢާމިރު ވިދާޅުވި އެވެ.

މި ދިޔަ އަހަރުގެ މާރޗު މަހު ފެށި ހިތާދޫ ބަނދަރު ހެދުމުގެ މަޝްރޫޢު ޙަވާލު ކޮށްފައިވަނީ ނެކްސަސްކުންފުންޏާ އެވެ.

— މުޙައްމަދު އަފްރާޙް

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.