ސޮނެވާފުށީ ފަރަށް އެރި ޕޮލިސް ލޯންޗް ފުންކޮށްފި

ސޮނެވާ ފުށި ފަރަށް އެރި އޭދަފުށީ ޕޮލިސް ލޯންޗް މިއަދު ހެދުނު ރިސޯޓުގެ ގޮނޑުދޮށަށް ބީއްސާލައި ފުންކުރުމުގެ މަސައްކަތް ކުރިއަށް ދަނީ — ފޮޓޯ / މުހައްމަދު އަފްރާހް

5:30 : ރޭ ދަންވަރު ބ. ދަރަވަންދޫން އެމަޖެންސީގައި ބަލި މީހަކު ގޮވައިގެން މި އަތޮޅު އޭދަފުއްޓަށް ދަތުރުކުރަމުން ދަނިކޮށް ސޮނެވާފުށީ ރިސޯޓްގެ ފަރަށް އެރި ޕޮލިސް ލޯންޗް ފުންކޮށްފި އެވެ.

ބަލިމީހަކާއި ދެ ނަރުހުންނާއެކު ދަންވަރު ތިނެއް ޖަހާ އެހާކަންހާއިރު ސޮނެވާފުށީގެ ހުޅަނގު ކަންމަތީ ފަރަށް އެރި އޭދަފުށީ ޕޮލިހުގެ ލޯންޗް ފުންކޮށްފައި ވަނީ ފޮލިހުންނާއި ސޮނެވާފުށީގެ އެއްބާރުލުމާއެކު މިއަދު މެންދުރު ކުރި ދިހައެއް ޖަހާ އެހާކަން ހާއިރު އެވެ.

ސޮނެވާފުށީގެ ދޯންޏެއްގެ އެހީގައި މިހާރު ލޯންޗް ވަނީ އޭދަފުށީ ބަނދަރަށް ވެސް ގެނެސް ފަ އެވެ.

ރޭ ހިނގި މި ހާދިސާގައި ލޯންޗް ފަރަށް އެރުމާއެކު ސޮނެވާފުށީގެ ލޯންޗެއްގެ އެހީއާއެކު ލޯންޗުން ދަތުރު ކުރި ބަލިމީހާ އާއި ދެ ނަރުހުން އަދި ބަލިމީހާގެ އެހީތެރިޔާ ސަލާމަތްކޮށް ރޭ ފަތިހު ހަތަރެއް ޖަހާކަންހާއިރު ވަނީ އޭދަފުއްޓަށް ގެނެސްފަ އެވެ.

އޭދަފުށީ ޕޮލިހުން ބުނީ މި ހާދިސާގެ ސަބަބުން ލޯންޗުގެ މައިގަޑަށް ގެއްލުން ނުވި ކަމަށް ވިޔަސް ލޯންޗްގެ ދެ އިންޖީނާއި ބުރަފަތި ހަލާކުވެފައިވާ ކަމަށެވެ.

9:00 : ރޭ ދަންވަރު ދަރަވަންދޫން އެމަޖެންސީގައި ބަލިމީހަކު ގޮވައިގެން އޭދަފުއްޓަށް ދަތުރު ކުރަމުންދިޔަ ލޯންޗެއް ސޮނެވާފުށީ ރިސޯޓްގެ ފަރަށް އަރައިފި އެވެ.

ބަލިމީހަކާ ދެ ނަރުހުންނާއެކު ދަންވަރު ތިނެއް ޖަހާއެހާކަންހާއިރު ސޮނެވާފުށީގެ ހުޅަނގުކަނމަތީ ފަރަށް އަރާފައިވަނީ ބ. އޭދަފުށީ ޕޮލިސް ސްޓޭޝަންގައި ބޭނުންކުރަމުންދާ ލޯންޗެވެ. ލޯންޗް ފަރަށް އެރުމާއެކު ސޮނެވާފުށީގެ ލޯންޗެއްގެ އެހީއާއެކު ޕޮލިސް ލޯންޗުން ދަތުރުކުރި ބަލިމީހާއާ ދެ ނަރުހުން އަދި ބަލިމީހާގެ އެހީތެރިޔާ ވަނީ ސަލާމަތްކޮށް ރޭފަތިހު ހަތަރެއް ޖަހާކަންހާއިރު އޭދަފުއްޓަށް ގެނެސްފައެވެ.

އޭދަފުށީ ޕޮލިސް ސްޓޭޝަނުން ބުނީ ލޯންޗް ފަރަށް އަރަން ދިމާވީ ލޯންޗުގެ ދެ އިންޖީނުގެ ތެރެއިން އެއް އިންޖީނު ހަލާކުވެ ދަތުރު ކުރަމުން ދަނިކޮށް ކަމަށާ، މިހާރު ލޯންޗް ސޮނެވާފުށީގެ ވެލިގަނޑަށް ބީއްސާލާފައިވާ ކަމުގަ އެވެ.

އޭދަފުށީ ޕޮލިސް ސްޓޭޝަންގެ އިންޗާޖް އައިމިނަތު ނިޝާނާ ވިދާޅުވީ ލޯންޗްގެ ދެ އިންޖީނާ، ބުރަފަތި ހަލާކުވުމުގެ އިތުރުން އެހެން ގެއްލުމެއް މިވަގުތު ފާހަގަ ނުކުރެވޭކަމަށާ، މިއަދު މެންދުރުފަހު ދިޔަވަރު ބޮޑުވާ ވަގުތު ލޯންޗް ފުންކޮށް އޭދަފުއްޓަށް ގެނެވޭވަރު ވާނޭކަމުގަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.