ގުރޫޕު ބީ އިން ދަރަވަންދޫ އާއި ކިހާދޫ ސެމީ އަށް

ދަރަވަންދޫ އާއި ކިހާދޫ ބައްދަލުކުރި މެޗުގެ ތެރެއިން

މިއަދު ކުޅުނު ގުރޫޕު ބީގެ އެންމެ ފަހު މެޗުގައި ކިހާދޫ އަތުން 2-0 އިން މޮޅުވެ ބ. އެޓޯލް ފުޓްބޯލް ޗެލެންޖުގެ މިގްރޫޕުގެ އެއް ވަނަ ޓީމުގެ ގޮތުގައި ދަރަވަންދޫ ސެމީ ފައިނަލަށް ދަތުރުކޮށްފި އެވެ.

ދަރަވަންދޫ އަށް އެއް ވަނަ ލިބުނީ ހަތަރު ޕޮއިންޓާއި ފައިދާ ދެ ގޯލާ އެކު އެވެ. ދެ ވަނަ ޓީމުގެ ގޮތުގައި ސެމީ އަށް ދިޔަ ކިހާދުއަށް ލިބިފައިވަނީ ތިން ޕޮއިންޓާއި ފައިދާ ދެ ގޯލެވެ. އެންމެ ޕޮއިންޓަކާއެކު މާޅޮހަށް ލިބިފައިވަނީ ގުރޫޕުގެ ތިން ވަނައެވެ. އަދި ސެމީއަށް ނުގޮސް މާލޮސް ވަނީ މުބާރާތުން ކަޓައިފަ އެވެ.

މިއަދުގެ މެޗުގެ 37 ވަނަ މިނިޓުގައި ލިބުނު ޕެނަލްޓީއަކުން ދަރަވަންދުއަށް ލީޑު ނަގައިދިނީ އަލީ ޝަހީމެވެ. އަދި ދެވަނަ ހާފު ފެށުނުތާ މާގިނަ އިރުތަކެއްނުވެ، 47 ވަނަ މިނިޓުގައި ޔަސްފާދު ހަބީބު ވަނީ ލީޑު ފުޅާކޮށްދީ ގުރޫޕުގެ އެއްވަނަ، ދަރަވަންދޫ ޓީމަށް ކަށަވަރު ކޮށްދީފައެވެ.

މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ދަރަވަންދޫ ޓީމަށް ދެވަނަ ލަނޑު ޖަހައިދިން ޔަސްފާދު ހަބީބެވެ.

އެހެންކަމުން، އަންނަ ހޯމަ ދުވަހު ސެމީގެ ފުރަތަމަ މެޗުގައި ގޮއިދޫއާއި ކިހާދޫ ބައްދަލުކުރަން ޖެހޭއަރު، އަންގާރަ ދުވަހު ސެމީގެ ދެވަނަ މެޗުގައި ދަރަވަންދޫ ބައްދަލުކުރަން ޖެހޭނީ އޭދަފުށްޓާއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.