ގުރޫޕުގެ އެއްވަނަ ޓީމުގެ ގޮތުގައި ގޮއިދޫ ސެމީ އަށް

އޭދަފުށީ ސީސީ ސްޕޯޓްސް އާއި ގޮއިދޫ ބައްދަލުކުރި މެޗުގެ ތެރެއިން

އޭދަފުށީ ސީސީ ސްޕޯޓްސް އަތުން 2-1 އިން މޮޅުވެ ބ. އެޓޯލް ފުޓްބޯލް ޗެލެންޖުގެ ގްރޫޕް އޭގެ އެއް ވަނަ ޓީމުގެ ގޮތުގައި ގޮއިދޫ ޔޫތު ސްޕޯޓްސް ސެމީ ފައިނަލަށް ދަތުރުކޮށްފި އެވެ.

ގޮއިދޫ އަށް އެއް ވަނަ ލިބުނީ ހަ ޕޮއިންޓާއި ފައިދާ ތިން ގޯލާ އެކު އެވެ. ދެ ވަނަ ޓީމުގެ ގޮތުގައި ސެމީ އަށް ދިޔަ އޭދަފުށީ ޓީމަށް ލިބިފައިވަނީ ތިން ޕޮއިންޓެވެ. މި ގްރޫޕުގައި ހިމެނޭ ކަމަދޫ ވަނީ ކުޅުނު ދެ މެޗުން ވެސް ބަލިވެފަ މުބާރާތުން ކަޓައިފަ އެވެ.

މިއަދުގެ މެޗުގެ 12 ވަނަ މިނިޓްގައި ގޮއިދޫ ޓީމުގެ އާދަމް ނިޒާމްވަނީ ލަނޑެއް ޖަހައި އެޓީމަށް ލީޑް ނަގައިދީފައެވެ. ނަމަވެސް ފުރަމަ ހާފް ނިމެނިކޮށް އޭދަފުށީ ޓީމުގެ އަބްދުﷲ ޒައީމް ވަނީ ލަޑެއް ޖަހައިދީ ނަތީޖާ ހަމަހަމަ ކޮށް ފައެވެ. ގޮއިދޫ ޓީމުގެ ގްރޫޕުގެ އެއްވަނަ ޓީމުގެ ގޮތުގައި ސެމީއަށް ގެންގޮސްދިނީ މެޗު ނިމެނިކޮށް އެ ޓީމުގެ އަލީ ނިއުޝާދު ޖަހައިދިން ލަނޑުންނެވެ.

މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ގޮއިދޫ ޓީމުގެ އޭދަފުށްޓަށް ނިސްބަތްވާ އަބްދުލް މަޖީދު (މަޖިއްޓޭ) އެވެ.

މާދަމާ އޮންނަ ގުރޫޕް ބީގެ އެންމެ ފަހު މެޗުގައި ދަރަވަންދޫ އާއި ކިހާދޫ ބައްދަލުކުރާ މެޗުން މިގުރޫޕުގެ އެއްވަނަ އަދި ދެވަނަ ކަށަވަރުވެގެން ދާނެއެވެ. މި ގުރޫޕުގެ އެއްވަނަ ޓީމު ސެމީގައި އޭދަފުށްޓާ ބައްދަލުކުރަން ޖެހޭއިރު، ދެވަނަޓީމު ބައްދަލުކުރަން ޖެހޭނީ ގޮއިދުއާއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.