އަތޮޅު މުބާރާތަށް އޭދަފުށީ ޓީމު އެކުލަވާލައިފި

އޮފީސަތުގަގެ މެދުގައި މިދިޔަ އަހަރު ބޭއްވި މުބާރާތުގެ ތެރެއިން.. ފައިލްފޮޓޯ
އޮފީސަތުގަގެ މެދުގައި މިދިޔަ އަހަރު ބޭއްވި މުބާރާތުގެ ތެރެއިން.. ފައިލްފޮޓޯ

 

އަންނަ ޑިސެމްބަރު މަހު އޭދަފުށީގައި ބޭއްވުމަށް ހަމަޖެހިފައިވާ “ބާ އެޓޯލް ފުޓްބޯލް ޗެލެންޖް” ގައި އޭދަފުށިން ވާދަކުރާ ޓީމު އެކުލަވާލައިފި އެވެ.

އޭދަފުށީ ކައުންސިލުގެ މެންބަރު އަބްދުލްވާހިދު ހުސައިން ވިދާޅުވީ މުބާރާތުގައި ބައިވެރިވުމުގެ ދައުވަތު މިފަހަރު ކައުންސިލަށް ލިބުމާގުޅިގެން މުބާރާތަށް ޓީމު އެކުލަވާލީ ކައުންސިލުން ނެގި ސްޓިއަރިން ކޮމެޓީގެ ބެލުމުގެ ދަށުން ކަމަށެވެ.

“ޓީމު އެކުލަވާލީ އެކަމަށް ކައުންސިލުންނެގި ޚާއްސަ ސްޓިއަރިން ކޮމެޓީއެއްގެ ބެލުމުގެ ދަށުން. މުޅި ރަށުން ހޮވާލި ގާތްގަޑަކަށް ތިރީހަކަށް ކުދިންގެ ވަގުތީ ސްކޮޑެއް އަދި މި އެކުލަވާލީ. އަދި ކޯޗަކު ހަމައެއް ނުޖެހޭ. އެހެން ނަމަވެސް މާދަން ފަރިތަކުރުންތައް ފަށާނެ،” ވާހިދު ވިދާޅުވި އެވެ.

ވާހިދު ވިދާޅުވީ ޓީމަށް ރަނގަޅު ފެންވަރުގެ ރަސްމީ ކޯޗަކު ހޯދުމުގެ މަސައްކަތް މިހާރު ކުރެވެމުންދާ ކަމަށާއި ވަރަށް އަވަހަށް ޓީމަށް ކޯޗަކުވެސް ހަމަޖެހޭނެ ކަމަށެވެ. އަދި ފައިނަލު ސްކޮޑުވެސް މިމަހުގެ ފަހުކޮޅު އިއުލާން ކުރާނެކަމަށް ވާހިދު ވިދާޅުވި އެވެ.

ބ. އަތޮޅުގެ ކުޅުންތެރިންނަށް ފަސްޓް ޑިވިޝަންގެ ފުރުސަތުތަކެއް ހޯދައިދިނުން މަގުސަދުގައި، މިއަތޮޅުގެ ރަށްރަށުގެ މެދުގައި ބާއްވާ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ދައުވަތު ޔޫ ސްޕޯޓްސް އިން އަތޮޅަށް ހުޅުވާލިއިރު މިއަހަރު އަށް ރަށަކުން ވަނީ ބައިވެރިވެފަ އެވެ. އެއީ މިދިޔަ އަހަރުގެ ޗެމްޕިއަން ގޮއިދޫއާއި، ދަރަވަންދޫ، މާޅޮސް، ކެންދޫ، ފެހެންދޫ، ދޮންފަން އަދި ކުޑަރިކިލުގެ އިތުރުން އޭދަފުއްޓެވެ.

މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ ޑިސެމްބަރު 6 ން 17 އަށެވެ.

ގުޅުންހުރި ލިޔުންތައް

3 ކޮމެންޓް

  1. amaakulho

    އޭދަފުށީ މީހުން ބިރުން މިފަހަރު މުޅި ރަށުން ޓީމް ނެގުމާއިގެން…… ކެކެކެކެކެކެ.. މިފަހަރު ޗެމްޕިއަންކަން ނުލިބެއްޖެއްޔާ ގަވާއިދަށް ބަދަލުގެނެސް ފަސްޓް ޑިވިޝަންގެ 11 ކުޅުންތެރިންނަށް ކުޅެވޭގޮތަށް ހަމަޖައްސާ….. ލަދު ކަމެކޯ

    ރައްދު
  2. insaaneh

    ލިސްޓް އެކުލަވާލި ވާހަކަ އޮތް އިރު ޓީމުގައި ހިމެނެނީ ކޮން ކުޅުންތެރިންނެއް ކަމެއް ބަޔާންކޮށްފައެއްނެތް…

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.