ރެޑްވޭވް ސަލީމް ބޭރަށް ފުރުން ކޯޓުން މަނާކޮށްފި

އަހުމަދު ސަލީމް

ރައްޔިތުންގެ މަޖިލީހުގެ ބ. އަތޮޅު ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި، އަދި އޭދަފުއްޓަށް އުފަން ވިޔަފާރިވެރިޔާ އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) ރާއްޖެ އިން ބޭރަށް ފުރިޔަނުދީ ހިފެހެއްޓުމަށް ޖިނާއީ ކޯޓުން އިމިގްރޭޝަނަށް އަންގައިފި އެވެ.
ރާއްޖޭގެ ބައެއް މީޑީއާތަކުން ބުނާ ގޮތުން ސަލީމް ހިފެއްޓުމަށް ކޯޓުން އެންގީ މަކަރާއި ހީލަތުގެ މައްސަލައެއްގަ އެވެ. މިކަމާ ބެހޭ އިތުރު ތަފުސީލު ހޯދުމަށް ސަލީމާ ވަނީ ގުޅޭގޮތް ނުވެފަ އެވެ.
ސަލީމަކީ، ރާއްޖެ އިން ފަގީރުކަން ނައްތާލާ ޕާޓީ އުފެއްދުމުގައި އިސްކޮށް އުޅުއްވި ފަރާތް ވެސް މެ އެވެ.
ސަލީމް ހިފަހައްޓަން ކޯޓުން މި އަމުރު ނެރުނީ، ކުރީ ސަރުކާރުގެ ހިޔާނާތްތައް ބަލައި ތަހުގީގުކޮށް، އެކަމާ ގުޅުން ހުރި މީހުން ހައްޔަރު ކުރާނެ ކަމަށް ރައީސް މުހަންމަދު ނަޝީދު ވިދާޅުވެފައިވަނިކޮށެވެ. ސަލީމް ހިފެހެއްޓުމަށް ކޯޓުން އެންގުމުގެ އެއް ދުވަސްކުރިން، އޭނާގެ ގެ ފާސްކޮށްފައިވާ ކަމަށް ވެސް މާލެތެރޭގައި ވާހަކަތައް ދެކެވިގެން ދިޔަ އެވެ. އެހެން ނަމަވެސް، އެއީ ދޮގެކެވެ.
ފުލުހުން ވަނީ ޕީއޭގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަހުމަދު ނާޒިމްގެ އޮފީސް ވެސް ފާސްކޮށްފަ އެވެ. އޭގެ އިތުރުން އޭނާގެ އެއް އަނބިކަނބަލަކު ވެސް ވަނީ ހައްޔަރުކޮށްފަ އެވެ.
މިއީ، ސަރުކާރާ ހިޔާލު ތަފާތު ސިޔާސީ މީހުންގެ ދުވަސްދުއްވާލުމަށް މި ސަރުކާރުން ކުރާ އަމަލެއް ކަމަށް އެންމެ ބޮޑު އިދިކޮޅު ޕާޓީ، ޑީއާރުޕީން ވަނީ ސިފަކޮށްފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.