މިއަހަރުގެ ނަސްރުގެ ދުވަހުގެ ހަރަކާތްތައް ފަށައިފި

ފައިބެ އަހަރު މާލޭގައި ބޭއްވި ބަޑިބޭހުގެ ކުޅިވަރުގެ ތރެއިން. ފޮޓޯ: ހަވީރު ނިއުސް
ފައިބެ އަހަރު މާލޭގައި ބޭއްވި ބަޑިބޭހުގެ ކުޅިވަރުގެ ތރެއިން. ފޮޓޯ: ހަވީރު ނިއުސް

 

މި އަހަރަކީ ނޮވެމްބަރ 3ގެ ހިތާމަވެރި ހާދިސާ ހިނގިތާ 25 އަހަރު ފުރޭ އަހަރު ކަމަށް ވާތީ، މިއަހަރުގެ ނަސްރުގެ ދުވަހުގެ ގިނަ ހަރަކާތްތަކެއް ޝަހީދު ހުސައިން އާދަމްގެ ރަށް ކަމުގައިވާ ހދ. ކުޅުދުއްފުށީގައި ފަށައިފި އެވެ. މިގޮތުން ކުޅުދުއްފުށީގައި ރޭ ބަޑި ބޭހުގެ ހަރަކާތްތަކެއް ވަނީ ބާއްވާފަ އެވެ.

އަދި ނޮވެމްބަރ މަހުގެ ތިންވަނަ ދުވަހުގެ ފަތިސް ނަމާދު އެންމެން އެއް ޖަމާޢަތެއްގައި ފަތިސް ނަމާދު ކުރުމާއި ދުވަހާއި ގުޅޭ ދުޢާ އެއް ކުރުން އޮތެވެ. މީގެ އިތުރުން މިއަދު ހަވީރު ޝަރަފުގެ ހިނގާލުން ކުޅުދުއްފުށީގެ ބޮޑެތި މަގު ތަކުގައި އޮންނާނެ އެވެ.

ނަސްރުގެ ދުވަހުގެ ޚާއްސަ ޖަލްސާ އޮންނާނީ ނޮވެމްބަރ މަހުގެ ތިންވަނަ ދުވަހުގެ ރޭ ކަމަށާއި އެ ޖަލްސާގައި ” އައްޑަނަ ” މަޖައްލާގެ ޚާއްސަ ނަމްބަރު ނެރުންވެސް އޮންނާނެ ކަމަށް އެމްއެންޑީއެފް އިން މަޢުލޫމާތު ދެއްވަ އެވެ.

މާލޭގައިވެސް ނަސްރުގެ ދުވަހުގެ ހަރަކާތްތައް ފެށިގެން ދިޔައީ އެއް ޖަމާޢަތެއްގައި އިސްލާމީ މަރުކަޒުގައި ފަތިސް ނަމާދު ކުރުމާ އެކު ދުވަހާއި ގުޅޭ ޚާއްސަ ދުޢާ އަކުންނެވެ. އެއަށް ފަހު ނޮވެމްބަރ ތިނެއްގެ ހަނދާނީ ބިނާ ކައިރީ ދިދަ މައުންޓް ކުރުމާއި ދިދަ ނެގުން އޮތެވެ.

އަދި މިއަދު ހަވީރު ސައިލެންޓް ޑްރިލްތަކެއް ނޮވެމްބަރ 3ގެ ހަނދާނީ ބިނާ ކައިރީ ކުރިއަށް ދާނެ އެވެ. ނަސްރުގެ ދުވަސް ފާހަގަ ކުރަނީ ނަވާރަ ސަތޭކަ އަށްޑިހަ އަށްވަނަ އަހަރުގެ ނޮވެމްބަރ މަހުގެ ތިންވަނަ ދުވަހު ރާއްޖޭގެ ޚާއިނުންގެ ބަޔަކު ސްރީލަންކާގެ ތަމަޅައިންގެ ބަޔަކާ ގުޅިގެން ދިން ޢުދުވާނީ ޙަމަލާގައި އެތައް ބަޔަކު ޝަހީދު ކޮއްލި ހާދިސާ އާ ގުޅިގެން ނެވެ.

 

 

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.