އިންޑޮނޭޝިއާ އިން އާ ވައްތަރެއްގެ މިޔަރެއް ފެނިއްޖެ

އިންޑޮނޭޝިއާއިން އަލަށް ފެނުނު ކަމަށް ބުނާ މިޔަރު. ފޮޓޯ: ސީއެންއެމް
އިންޑޮނޭޝިއާއިން އަލަށް ފެނުނު ކަމަށް ބުނާ މިޔަރު. ފޮޓޯ: ސީއެންއެމް

 

ސައިންޓިސްޓުންނަށް އާ ވައްތަރެއްގެ މިޔަރެއް އިންޑޮނޭޝިއާގެ ކަނޑުގެ އަޑިން ފެނިއްޖެ އެވެ.

މި މިޔަރު ފެނިފައިވަނީ އެ ގައުމުގެ ސައިންޓިސްޓެއް ކަމަށްވާ ޑރފ. ޖެރާލްޑް އާއި އޭނާގެ ޓީމުން ކުރަމުން ދިޔަ ދިރާސާއެއްގެ ތެރެއިން ކަމަށް މީޑިއާ ރިޕޯޓުތައް ބުނެ އެވެ.

މި މިޔަރު އެންމެ ފުރަތަމަ ފެނިފައިވަނީ އިންޑޮނޭޝިއާގެ ރަށެއް ކަމަށްވާ ހަލްމެހެރާ ކައިރިން ނެވެ. އެހެންކަމުން މި މިޔަރަށް ނަން ދީފައިވަނީވެސް އެރަށުގެ ނަމާއި ގުޅުވައިގެން ނެވެ. އެ މިޔަރަށް ދީފައިވާ ނަމަކީ ހެމީސްކީލިއަމް ހަލްމެހެރާ އެވެ.

މީ މިޔަރު ޢާއިލާގެ ތެރޭގައި ހިމެނޭ ބަމްބޫ ނުވަތަ ލޯންގްޓެއިލް ކާޕެޓް ޝާކުގެ ޢާއިލާއަށް ނިސްބަތްވާ މިޔަރެއް ކަމަށް ސައިންސްވެރިން ބުނެއެވެ. ބަމްބޫ މިޔަރަކީ އެހެން މިޔަރުތަކަށް ވުރެ ކުދި، އެހެން ނަމަވެސް ދިގުމިނުގައި 48 އިންޗި ނުވަތަ 1.22 މީޓަރަށް ބޮޑުވާ މިޔަރެކެވެ.

ސައިންސްވެރިން އެންމެ ފުރަތަމަ ކުރި ދިރާސާއަކުން އެންމެ ފުރަތަމަ ފެނުނު މިބާވަތުގެ މިޔަރުގެ ބޮޑު މިނަކީ 28 އިންޗި އެވެ.

މި ފަހަރު މި ފެނުނު ހަލްމެހެރާ މިޔަރަކީ އިންސާނުންނަށް ޙަމަލާ ދެވޭވަރަށް ވުރެ ކުދި ކުދި މިޔަރެކެވެ. ޢާންމު ގޮތެއްގައި މިބާވަތުގެ މިޔަރު އުޅެނީ ކަނޑުއަޑީގެ ވެލިގަނޑު މަތީގައެވެ. އަދި ކައި އުޅެނީ ކަނޑުއަޑީގެ ވެލިގަނޑުމަތީ ދިރިއުޅޭ ކުދި މަހެވެ.

އިންޑޮނޭޝިއާގެ ކަނޑަކީ ފަތުރުވެރިންގެ މެދުގައި ޑައިވިންގ އަށް މަޝްހޫރު ކަނޑެކެވެ.

އިންޑޮނޭޝިއާގެ ކަނޑުގެ ސަރަހައްދުގައި 218 ވައްތަރުގެ މިޔަރު ދިރިއުޅޭ ކަމަށް ދިރާސާތަކުން ދައްކައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.