ކާކުކަން ނޭނގޭ ފަރާތްތަކަށް ފޯނުން ފައިސާ ފޮނުވުމުގައި ސަމާލުވުމަށް ކައުންސިލުން އިލްތިމާސްކޮށްފި

newspic72

 

ކާކުކަން ނޭނގޭ ފަރާތްތަކުން ގުޅައި ބޮޑެތި އަދަދުތަކުން ރީލޯޑް ކުރުވައި ރާސްޓަސް އެޅުމާއި ރީޗާޖް ކުރުވަމުންދާ މައްސަލައިގައި އޭދަފުށީ ރައްޔިތުންނާއި ވިޔަފާރިވެރިން ސަމާލުވުމަށް އޭދަފުށީ ކައުންސިލުން އިލްތިމާސްކޮށްފި އެވެ.

ރަށު ކައުންސިލުން ނެރެފައިވާ އިއުލާނެއްގައި ވާގޮތުގައި މިހާރަކަށް ރަށްރަށުގެ ފިހަރާތަކަށާއި ބައެއް ފަރާތްތަކަށް ކާކުކަން ނޭނގޭ މީހުން ގުޅައި ބޮޑެތި އަދަދުތަކުން ރީލޯޑް ކުރުމާއި ފޯނު ކާޑު އެޅުމާއި، ފޯނު ރީޗާޖް ކުރާކަމުގެ ޝަކުވާ ފުލުހުންނަށް ހުށަހަޅައި އެކަމުގެ ސަބަބުން ބައެއް ފަރާތްތަކަށް ބޮޑެތި ގެއްލުންތައް ލިބެމުންދާކަން ކައުންސިލަށް ފާހަގަކުރެވިފައިވާ ކަމަށެވެ.

“ޚާއްސަކޮށް މިކަން ހިންގަމުންދަނީ ރިސޯޓްތަކުގައި އުޅޭ މީހުންނާއި، ކަންނެލި ދޯނިފަހަރުގައި އުޅޭ މީހުންގެ ފަރާތުންކަން އެނގެ އެވެ. މިފަދަ އެތައް މައްސަލަތަކެއް މިހާރުވެސް ޕލިހަށް ހުށަހަޅާފައިވެ އެވެ.” ކައުންސިލުގެ އިއުލާނުގައި ވެ އެވެ.

ކާކުކަން ނޭނގޭ ފަރާތްތަކާއި މިފަދަ މުޢާމަލާތްތައް ނުކުރުމަށާއި މިފަދަކަމެއް ފާހަގަކުރެވިއްޖެނަމަ ލަސްނުކޮށް ފުލުހުންނާ އެ މަޢުލޫމާތު ހިއްސާކުރުމަށް ރަށްރަށުގެ ކައުންސިލް އިދާރާތައް މެދުވެރިކޮށްގެން ފުލުހުން ވަނީ މިދިޔަ ހަފްތާގައި މިއަތޮޅުގެ ރަށްރަށުގައި ހޭލުންތެރިކުރުމުގެ ޕްރޮގްރާމުތަކެއް ހިންގައިފަ އެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

  1. Abdul Muhaimin

    އޭދަފުށީ ކައުންސިލް މެމްބަރުން ކުރައްވާ މަސައްކަތް ތަކަށް ސާބަސް! ކައުންސިލްގެ ލެވެލްގައި މި ކުރެއްވީވެސް ކަމެއްދޯ!

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.