އޭދަފުށީ ފިހާރަތަކުން ވައްކަން ކުރަމުންދިޔަ ބަޔަކު އަތުލައިގެންފި

eydhafushi

ބ. އޭދަފުށީ ފިހާރަތަކުން ވައްކަން ކުރަމުން ދިޔަ ހަތަރު މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އޭދަފުށީ ބައެއް ފިހާރަތަކުން ވައްކަން ކުރަމުން ދަނިކޮށް މިއަދު ހަވީރު ހައްޔަރުކޮށްފައި ވަނީ 16 އަހަރާއި 17އަހަރުގެ ދެ ކުދިންނާއި 18 އަހަރުން މަތީގެ ދެ މީހުން ކަމަށެވެ.  އެ ހަތަރު މީހުން ހައްޔަރުކޮށްފައި ވަނީ ފިހާރަތަކުން ވައްކަންކުރަމުންދާ ކަމަށް ތުހުމަތު ކުރެވިގެން އާއްމުންގެ ފަރާތުން ލިބުނު ރިޕޯޓަކާ ގުޅިގެން އާއްމުންގެ އެހީތެރިކަމާއެކު އޭދަފުށީ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި ކަމަށް ވެސް ފުލުހުން ބުންޏެވެ.

އީޓީ އަށް އެނގިފައިވާ ގޮތުގައި މި މައްސަލައިގައި ފުލުހުން މިއަދު ހަވީރު ހައްޔަރުކޮށްފައިވަނީ ރަށުން ބޭރު ހަތަރު މީހެކެވެ. އަދި  އެމީހުންގެ އަތުން ފިހާރަތަކުން ވަގަށް ނަގާފައިވާ ކޮސްޓިއުމްސް އާއި ކޮސްމެޓިކްސްގެ  ބައެއް ބާވަތްތައްވަނީ ފެނިފައެވެ. އަދި މިއީ ރަށުން ބޭރުން މަސްވެރިކަން ކުރަން މީގެ ހަފްތާއެއްހާ ދުވަސްކުރިން އައިސްއުޅޭ ދޯންޏެއްގައި އުޅޭ ބައެއްކަންވެސް އެނގިފައި ވެއެވެ. ނަމަވެސް އޭގެ ތަފުސީލެއް ފުލުހުން އަދި ނުދެއްވަ އެވެ.

ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގުކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް

2 ކޮމެންޓް

  1. bane

    އޭދަފުށީ މީހުން ނުކުރާނެ އެކަހަލަކަމެއް. ރާއްޖެތެރެއިން މިރަށަށް އައިސްތިބޭ މީހުން މިރަށް ހަލާކު ކޮށްފި

    ރައްދު
  2. fathimath rasheedha

    ތިމީހުން އަތުލައިގަތީ ޕޮލިހުން ހިންގި އޮޕަރޭޝަނަކުންނޫން . ފްރެންޑްމީ ފިހާރައިން ވައްކަންކުރާތަން އެތަނުގައި ހަރުކޮށްފައިހުރި ސީސީޓީވީ ކެމެރާތަކުން އެގިގެން ފުލުހުންނަށް ރިޕޯރޓްކުރީ. ފުލުހުން ދުވާލުދާ ހަތަރު ދަމު އަދި ރޭގަޑު މުޅިރަށް ޕެޓްރޯލްކުރުމަށް ކުރާކަމަކީ ޕޮލިސްވޭނު ދުއްވުން. މަހީހީ ހަލާކު ………………………………………………..

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.