އޭޑީއެސްއެލް ހިލޭ ގުޅައިދޭ ޕްރޮމޯޝަނެއް ދިރާގުން ފަށައިފި

ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި މުއާސަލާތީ ހިދުމަތް ދޭ ކުންފުނި ދިރާގުން އޭޑީއެސްއެލް އިންޓަނެޓު ހިދުމަތް ހިލޭ ގުޅައިދޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.

ދިރާގުން ބުނީ އަންނަ ޖެނުއަރީ 31 ގެ ނިޔަލަށް ކުރިޔަށް ގެންދާ މި ޕްރޮމޯޝަނުގައި ފިކްސްޑް ފޯން ލައިނެއް ހުންނަ ކޮންމެ ގެއަކަށް އޭޑީސީއެލް ގުޅައިދިނުން މުޅިން ހިލޭ ލިބޭނެ ކަމަށެވެ.

އޭޑީއެސްއެލް އިންޓަނެޓް ގުޅައިދިނުމުގެ އާންމު އަގަކީ 500ރ. އެވެ. އަދި އާ ލައިނެއް ނަމަ ގުޅައިދެނީ 1،000ރ. އަށެވެ. ނަމަވެސް ކުރިން ލައިން ގުޅާފައިވާ ނަމަ މި ޕްރޮމޯޝަންގެ ދަށުން ބްރޯޑްބޭންޑް އިންޓަނެޓް ހިދުމަތް 150ރ. އަށް ލިބޭނެ ކަމަށް ދިރާގުން ބުންޏެވެ.

“ދިރާގުން އޭޑީއެސްއެލް ބްރޯޑްބޭންޑް އިންޓަނެޓް ހިދުމަތްދޭ ހުރިހާ ރަށަކަށް މިޕްރޮމޯޝަން ލިބޭނެ، މި ޕްރޮމޯޝަންގެ ދަށުން އިންޓަނެޓް ބޭނުންކުރާ ފަރާތްތަކަށް ބޮޑުއެއްޗެއް ވާނެ،” އިމްޖާދު ވިދާޅުވި އެވެ.

ދިރާގުން ބުނީ މި ހާއްސަ ޕްރޮމޯޝަންގެ ދަށުން ޕްރޯ އަންލިމިޓެޑް 2އެމް، ޕްރޯ އަންލިމިޓެޑް 1އެމް، ހޯމް ޕްރިމިއާ 10އެމް، ހޯމް ޕްރިމިއާ 4އެމް، ހޯމް ޕްލަސް، ހޯމް ސްޓާޓާ ޕެކޭޖްތަކާއި ހުރިހާ ބިޒްނަސް ޕެކޭޖްތައް ވެސް ލިބޭނެ ކަމަށެވެ.

ދިރާގުން ބުނީ އެ ކުންފުނިން ކޮންމެ އަހަރުރަކު ވެސް ހިންގަމުން އަންނަ މިފަދަ ޕްރޮމޯޝަންތަކަށް ކަސްޓަމަރުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށެވެ.

ދިރާގުން ވަނީ އެ ކުންފުނީގެ އޭޑީއެސްއެލް އިންޓަނެޓު ހިދުމަތް ރާއްޖޭގެ ބޮޑު ބަޔަކަށް ދެމުންނެވެ. އޭގެ ތެރޭގައި ގިނަ އަދަދެއްގެ ރިސޯޓުތައް ވެސް ހިމެނެ އެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.