“ހައްޔަރުކުރީ ބަނދަރުގައި އޮތް ދޯންޏެއްގައި މަސައްކަތް ކުރާ ބައެއް”

އޭދަފުށީ ފިހާރައަކުން ވަގަށް ނަގާފައިވަނިކޮށް ހޯދާފައިވާ ތަކެތި
އޭދަފުށީ ފިހާރައަކުން ވަގަށް ނަގާފައިވަނިކޮށް ހޯދާފައިވާ ތަކެތި

 

ބ. އޭދަފުށީ ފިހާރަތަކުން ވައްކަންކުރި ކަމުގެ ތުހުމަތުގައި އިއްޔެ ހައްޔަރުކޮށްފައިވާ ހަތަރު މީހުންނަކީ މިރަށު ބަނދަރުގައި ބަނދަރުކޮށްފައި އޮތް ދޯންޏެއްގައި މަސައްކަތްކުރަމުންދާ ބައެއް ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނީ، އެ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ އިއްޔެ ހަވީރު އޭދަފުށީގައި ހުންނަ ފިހާރައަކުން ގިނަ ޢަދަދެއްގެ އަންނައުނާ ކޮސްމެޓިކްސްގެ ސާމާނުގެ އިތުރުން  އެހެނިހެން ސާމާނުތަކެއް ވަގަށް ނަގާފައިވާކަމަށް އޭދަފުށީ ޕޮލިސް ސްޓޭޝަނަށް ހުށަހެޅުނު މައްސަލައަކާ ގުޅިގެން އިއްޔެ ހަވީރު ހަޔެއް ޖަހަނިކޮށް ކަމަށެވެ.

މި މައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ  18 އަހަރުގެ 2 ފިރިހެނުންނާއި 18 އަހަރުން ދަށުގެ 2 ކުދިންކަމަށްވެސް ފުލުހުން ބުންޏެވެ.

މި މައްސަލައާއި ގުޅިގެން މި މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ހަށިގަނޑާއި އެމީހުން ގެންގުޅުނު ދަބަސްތައް ބަލައި ފާސްކުރިއިރު ފިހާރައިން ވަގަށް ނަގާފައިވާކަމަށް ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ބައެއް ސާމާނުތައް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އަދި މި މީހުން މަސައްކަތްކުރާ ދޯންޏަށް އެ ދޯނީގެ ވެރިފަރާތުގެ ހުއްދައާއި އެކު ފުލުހުން އަރާ އެ ދޯނި ބަލައި ފާސްކުރިއިރު ފިހާރައިން ވަގަށް ނަގާފައިވާކަމަށް ތުޙުމަތުކުރެވޭ ބޮޑީ ސްޕްރޭ ފުޅިތަކަކާއި ޓީޝާޓާއި ސޯޓު އަދި ޖީންސްތަކެއވެސް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލަ ބ. އޭދަފުށީ ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.