ގޮނޑި ގެއްލުވައިލިޔަސް ހައްގު ބަސް ބުނަން ފަހަތަށް ނުޖެހޭނަން: ތަސްމީން

އޭދަފުށީގައި ބޭއްވި އެމްޑީޕީގެ ކެމްޕޭން ޖަލްސާގައި ތަސްމީން ވާޙަކަފުޅު ދައްކަވަނީ --
އޭދަފުށީގައި ބޭއްވި އެމްޑީޕީގެ ކެމްޕޭން ޖަލްސާގައި ތަސްމީން ވާޙަކަފުޅު ދައްކަވަނީ —

 

ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅައިގެން، ރައްޔިތުންގެ މަޖިލީހުގައި ތަމްސީލްކުރައްވާ ކެންދޫ ދާއިރާގެ ގޮނޑި ގެއްލުވާލި ކަމުގައި ވިޔަސް ހައްގު ބަސް ވިދާޅުވުމުގައި ފަހަތަށް ޖެހިވަޑައިނުގަންނަވާނެ ކަމަށް ޑީއާރުޕީގެ ލީޑަރު އަހުމަދު ތަސްމީން އަލީ ރޭ ވިދާޅުވެއްޖެ އެވެ.

ބ. އޭދަފުށީގައި ބޭއްވި އެމްޑީޕީގެ ކެމްޕޭން ޖަލްސާގައި، އޭނާގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައިދިނުމަށް ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅުއްވާނެ ކަމަށް ބައެއް ބޭފުޅުން ވިދާޅުވަމުން ގެންދަވާތީ އެކަމަށް ރައްދު ދެއްވައި ތަސްމީން ވިދާޅުވީ އޭނާ ގަބޫލުކުރާ އުސޫލްތަކުގެ ބޭރުން މިހާތަނަށް އަމަލުކުރައްވާފައި ނޯންނާނެ ކަމަށެވެ. ކުރިއަށް އޮތް ތަނުގައި ވެސް ހުންނަވާނީ އެ އުސޫލުގެ މަތީގައި ސާބިތުކަމާ އެކުގައި ކަމަށް އޭނާ ވިދާޅުވި އެވެ.

“އެ ބޭފުޅުންނަށް އަޅުގަނޑު ނޭނގެނީކަމަށްވާނީ. އަޅުގަނޑު މިހުރިކީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މިވާހަކަ ދެއްކުން ހުއްޓާލާކަށްނޫން. ގޮޑި ބާތިލުކުރަން ވީ. އޭގެ އަނެއް ދުވަހަވެސް އަޅުގަނޑު ދާނީ އިންތިހާބަށް ކުރިމަތިލަމުން. އިރާދުކުރެއްވިއްޔާ މިދިޔަ ވިހި އަހަރުވެސް ބ. އަތޮޅުގެ ރައްޔިތުންގެ ތާއީދާއެކު އަޅުގަނޑު މިހުރީ ހޮވިފައި. އަދިވެސް އިރާދުކުރެއްވިއްޔާ އެއަށްވުރެ ބޮޑު އަޣުލަބިއްޔަތަކާއެކު އަޅުގަނޑު އެ ގޮނޑި ނަގާނަން، ތަސްމީން ވިދާޅުވި އެވެ.

ތަސްމީން ވިދާޅުވީ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ކަންތައްތައް ހިނގާދިޔައީ ވަރަށް އިންސާފުވެރިކޮށްކަން އެ އިންތިހާބުގެ ކަންތައްތައް ބެލެހެއްޓި ހުރިހާ ފަރާތްތަކުންވެސް ގަބޫލުކޮށްފައިވާ ކަމަށެވެ. އަދި އެ އިންތިހާބުގެ ތެރޭގައި މާބޮޑެތި ގޯސްތަކެއް ހިނގައިގެން އެ އިންތިހާބު ނަތީޖާ ބަދަލުވާހަކަހަލަ އެއްވެސް ކަމެއް ކަމެއް ހިނގާފައި ނުވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ކޯޓަށް މައްސަލަ ވައްދައި އިންތިހާބު ބާތިލްކޮށް ހުކުމެއް ހޯދާފައިވަނީ ތަސްމީން ވިދާޅުވި ގޮތުގައި، ރައްޔިތުން އިންތިހާބުގެ ނަތީޖާ ބަލައިގަނެ މައްސަލައެއް ނެތް ކަމަށް ނިންމައިގެން ތިއްބަ އެވެ. ރައްޔިތުންނަށް ހެޔޮ އެދޭ ސިޔާސީ ލީޑަރުންތަކެއް ނަމަ ކޯޓަށް މައްސަލަ ހުށަހަޅައިގެން ނަތީޖާ ބާތިލްނުކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ސުޕްރީމް ކޯޓުން އިންތިހާބުގެ ނަތީޖާ ބާތިލްކުރި ހުކުމުގައި ގިނަ މައްސަލަތަކެއް ހުރިކަން ވިސްނާލި ކޮންމެ މީހަކަށް އެނގޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރޭގެ ޖަލްސާގައި ތަސްމީން ވަނީ އިންތިހާބު ބާއްވަން ސުޕްރީމް ކޯޓުން އެކުލަވާލާފައިވާ ގައިޑްލައިނަށް ވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. ރާއްޖޭގައި ގައިޑްލައިނަކަށް އިންތިހާބު ބާއްވަން ސުޕްރީމް ކޯޓުން އަމުރުކޮށްފައިވާ އިރު، އެއީ ދުނިޔޭގެ ކޮން ގައުމެއްގައި އަމަލުކުރާ އުސޫލެއްތޯ އޭނާ ސުވާލުކުރެއްވި އެވެ. އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުން ވޯޓާސް ލިސްޓުގައި ސޮއި ނުކުރެއްވުމުން އިންތިހާބު ނުބޭއްވުމަކީ ކޮން ކަހަލަ އިންސާފެއްތޯ ވެސް އޭނާ ސުވާލުކުރެއްވި އެވެ.

“މިހިސާބަށް ކަންތައް ދިޔައީމާ ވެސް ރާއްޖޭގެ ސުޕްރީމް ކޯޓަށްވާތީ އަޅުގަނޑުމެން އެ ކޯޓުން ކުރާ ކަންތައްތަކަށް ފާޑުނުކިޔައި ތިބެންވީތޯ،”

އަދި ލޯކަލް ކައުންސިލް އިންތިހާބުގައި ހަތަރުހާސް ކެނޑިޑޭޓުން ބައިވެރިވެ، އެ ހުރިހާ އެންމެން އެއްގަލަކަށް އަރުވައި މިކަން ކުރަންވެޖިއްޔާ ދުވަހަކުވެސް ރާއްޖޭގައި އިންތިހާބެއް ބޭއްވޭނެތޯވެސް ތަސްމީން ސުވާލު ކުރެއްވި އެވެ.

“ދެން މިކަހަލަ ހެއްވާ ކަންތައްތައް ކޮށްފަ އެއަށް ފާޑުކީމަ މި ބުނަނީ ސްޕްރީމް ކޯޓަށް ފާޑުކިޔައިގެން ނުވާނެޔޭ. ދެން ފަހަރެއްގަ ހުކުމެއްވެސް ކޮށްލަފާނެ އެމީހުންނަށް ފާޑު ކިޔައިފިއްޔާ. އެކަމު އަޅުގަނޑު ދަންނަވާނީ ގޯސްކޮށް ކަންތައް ކުރީމާ ފާޑުކިޔަންޖެހޭނެޔޭ. އެކަމާ އަޅުގަނޑުމެން ކަންބޮޑުވެގެން އެކަން ނުކޮށް ތިބޭކަށެއް ނުވާނެޔޭ. އެއީ މިއަދު އަޅުގަނޑުމެންގެ ޒިންމާއެކޭ.

 ތަސްމީން ވިދާޅުވި ގޮތުގައި އެންމެފަހުން އިނދިކޮޅު ކެނޑިޑޭޓުން ވޯޓް ލިސްޓްގައި ސޮއިކުރެއްވީ އެބޭފުޅުން ރުހިގެނެއް ނޫންކަމަށާއި އެކިކަހަލަ ޕްރެޝަރު ތައް އައިސްގެން އެބޭފުޅުންނަށް އޮބި ނޯވެގެން ހިތާ ދެކޮޅަށް ކަމަށެވެ.

މިއަދު ރާއްޖެ އަށް ހެޔޮ ބަދަލު ގެނެވެން އަންނަނީ 30 އަހަރުގެ މާޒީއާ އަޅުގަނޑުމެން ދުރައްގޮސްގެން، ވޯޓަކުން ރައީސަކު އިންތިހާބުކުރުމުގެ ފުރުސަތުދީގެން ކަމަށް އޭނާ ވިދާޅުވި އެވެ. އަދި މާދަމާ ބާއްވާ އިންތިހާބުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު އިންތިހާބު ކާމިޔާބުކުރައްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ

ތަސްމީން ރޭ 8:30 ހާއި ރު އޭދަފުއްޓަށް ވަޑައިގެންނެވި ވަގުތު އިދިކޮޅު ފަރާތްތަކުން ދިޔައީ އެ ސަރަހައްދުގައި ޕިކަޕެއްގައި އަޑުގަދަކުރާ ބޭނުންކޮށްގެން ލަވަ ޖަހަމުންނެވެ.

ގުޅުންހުރި ލިޔުންތައް

2 ކޮމެންޓް

  1. އަލީ

    ބުނަން ތަސްމީން ދެން މިފަހަރަކު ތަސްމީނެއް ޑީއާރުޕީގެ ޓިކެޓްގައެއް ނުހޮވޭނެ. އެމްޑީޕީ ޓިކެޓްގަ އައީމަ ނޭނގެ ގޮތެއް.

    ރައްދު
  2. Abdul Muhaimin

    30 އަހަރުގެ މާޒީގެ ވާހަކަ ދައްކާއިރު އެ މާޒީގެ ފޮނިމީރު ރަހަ އެކިގޮތްގޮތުން ލިބިފައިވާ، ހޯދާ ގަނެފައިވާ މީހަކު މިވާހަކަތައް ދެއްކުމުގެ ބޭނުމެއް ނެތް. ސަރުކާރުގެ ހިއްސާ އޮންނަ “ބީއެމްއެލް” ގައި ދައުރުވަމުންދަނީ ރައްޔިތު މީހުންގެ ފައިސާތޯ ނުވަތަ ކޮން ބައެއެްގެ ފައިސާ އެއްތޯ ވިސްނާލުން މުހިންމު؟ ތިބާގެ ވާހަކަތަކަށް މިއަދު އިތުބާރެއްނެތް. ” ގެއްލިއްޖެ އަބުރަކީ އަނބުރާ ހޯދޭނެ އެއްޗެއް ނޫން” ކަން އެންމެންނަށްވެސް އެނގޭ!

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.