އޭދަފުށީގައި ބެހެއްޓި ވޯޓްފޮށިތަކުން ޔާމީން ކުރި ހޯއްދަވައިފި

އޭދަފުށީގައި ބެހެއްޓި ވޯތްފޮށީ ތަކުގެ ވަގުތީ ނަތީޖާ
އޭދަފުށީގައި ބެހެއްޓި ވޯތްފޮށީ ތަކުގެ ވަގުތީ ނަތީޖާ

 

މިއަދު ކުރިއަށް ދިޔަ ރިޔާސީ އިންތިހާބުގައި އޭދަފުށިގައި ބެހެއްޓި 3 ވޯޓު ފޮށީގެ ވަގުތީ ނަތީޖާ އިއުލާނު ކުރިއިރު ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް ޔާމީން އަބްދުލްގައްޔޫމް ކުރި ހޯދައިފި އެވެ.

މިރަށުގަ ބެހެއްޓި ހުރިހާ ވޯޓު ފޮށިތަކުގެ ޖުމްލަ ނަތީޖާއަށް ބަލާއިރު ޔާމީން އަށް ލިބިފައިވަނީ 547 ވޯޓެވެ. އެއީ ވޯޓު ދިން މީހުންގެ 37 އިންސައްތައެވެ.

އެމްޑީޕީގެ ކެނޑިޑޭޓް މުހައްމަދު ނަޝީދަށް އޭދަފުށިން ލިބިފައިވަނީ 488 ވޯޓެވެ. އެއީ ޖުމްލަ ވޯޓު ދިން މީހުންގެ 33 އިންސައްތަ އެވެ.

އޭދަފުށީގެ ހުރިހާ ވޯޓު ފޮށިތަކެއްގެ ޖުމްލަ ނަތީޖާއިން ދައްކާގޮތުގައި ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމަށް ލިބިވަޑައިގަތީ 397 ވޯޓެވެ. އެއީ ވޯޓު ދިން މީހުންގެ 27 އިންސައްތަ އެވެ.

އޭދަފުށީގައި ވޯޓު ލުމުގެ ހައްގު ލިބިފައިވާ ޖުމްލަ 1676 މީހުންގެ ތެރެއިން މިއަދުގެ ވޯޓުގައި ބައިވެރިވެފައިވަނީ 1465 މީހުންނެވެ. ބާތިލު ވޯޓުގެ ގޮތުގައި 33 ވޯޓު ހިމެނެއެވެ.

——————————-

އޭދަފުށީ (އަތޮޅު ހޮސްޕިޓަލުގައި ބެހެއްޓިި ވޯޓްފޮށީގެ ނަތީޖާ(
ގާސިމް: 192
ޔާމީން: 260
ނަޝީދު: 247
ބާތިލް: 17
ޖުމްލަ ވޯޓް: 716

_________________________

ޑުސިޓް ތާނީ ރިސޯޓް (މުއްދޫ) ގެ ވަގުތީ ނަތީޖާ:

ގާސިމް: 16
ޔާމީން: 8
ނަޝީދު: 58
ބާތިލް: 0
ޖުމްލަ ވޯޓް: 82

____________________

ކިހާދުއްފަރު ރިސޯޓްގެ ވަގުތީ ނަތީޖާ:
ގާސިމް: 16
ޔާމީން: 15
ނަޝީދު: 54
ބާތިލް: 0
ޖުމްލަ ވޯޓް: 85

___________________

އޭދަފުށީ (ބަހިއްޔާ ޕްރީ ސްކޫލުގައި ބެހެއްޓި ވޯޓްފޮށީގެ ވަގުތީ ނަތީޖާ(
ގާސިމް: 126
ޔާމީން: 129
ނަޝީދު: 103
ބާތިލް: 8
ޖުމްލަ ވޯޓް: 366

________________________________

އޭދަފުށީ (ބ. އަތޮޅު ތައުލީމީ މަރުކަޒު ވޯޓްފޮށީގެ ވަގުތީ ނަތީޖާ(
ގާސިމް: 79
ޔާމީން: 158
ނަޝީދު: 138
ބާތިލް: 8
ޖުމްލަ ވޯޓް: 383

17:00 ބައެއް ވޯޓް ފޮށީތަކުގެ ނަތީޖާ އިއުލާން ކުރަން ފަށައިފި

16:09 ހޮސްޕިޓަލް ވޯޓް ފޮށްޓަށް ވޯޓްލުމަށް ރަޖިސްޓްރީކުރި 795 މީހުންގެ ތެރެއިން ވޯޓްލީ 717 މީހުން. އެ ފޮށި ދެންމެ ބަންދުކޮށްފި. ވޯޓުލުން ދިޔައީ އޮމާންކޮށް. ވޯޓުފޮށި ގުނުން ވަރަށް އަވަހަށް ފަށާނެ

16:07 ހޮސްޕިޓަލުގައި އައިޑީކާޑުގެ މައްސަލަޖެހުނު ދެމީހުންނަށް ވޯޓް ނުލެވޭގޮތަށް ނިންމައި ވޯޓް ފޮށީ ބަންދު ކޮށްފި. އެމީހާއަށް ވޯޓް ނުލެވޭ ގޮތްވީ އައިޑީކާޑް ގައިވާ އެޑްރެހާއި ލިސްޓްގައިވާ އެޑްރެސް ދިމާނުވެގެން.

16:01  ސްކޫލް ވޯޓްފޮއްޓާއި ބަހިއްޔާ ޕްރީ ސްކޫލުގެ ވޯޓްފޮށި ގުނަން ފަށައިފި

15:52 ބ. އައުލީމީ މަރުކަޒު ފޮއްޓަށް ވޯޓްލުމަށް ރަޖިސްޓްރީކުރި 448 މީހުންގެ ތެރެއިން 383 މީހުންވަނީ ވޯޓުލައިފައި. ބަހިއްޔާ ފޮއްޓަށް 433 މީހުން ރަޖިސްޓްރީ ކުރިއިރު 366 މީހުން ވޯޓްލި. ހޮސްޕިޓަލު ވޯޓް ފޮއްޓަށް ބވޯޓްލާން ދިޔަ ބައެއްގެ އައިކާޑުގެ އެޑްރެހާ ލިސްޓްގައި އޮތް އެޑްރެހާ ދިމާނުވެގެން ވޯޓްފޮށި އަދިވެސް ބަންދު ނުކުރޭ.

15:41 އޭދަފުށީ ބަހިއްޔާ ސްކޫލުގައާއި ތައުލީމީ މަރުކަޒުގައި ބެހެއްޓި ވޯޓުފޮށިބަންދުކޮށްފި. ފޮށިތައް ހުރީ ހަމަ އެތާނގައި. 4:30 ގައި ގުނަން ފަށާނެ. ހޮސްޕިޓަލުގައި ބަހައްޓަފައި ހުރި ފޮށީ އަދު ބަންދުނުކުރޭ. ޕާޓީތަކުގެ އޮފިޝަލުންނާއި އޮބްޒާވަރުން ފޮށިތައް ކައިރީގައި އެބަތިބި.ވ

14:00 އޭދަފުށީގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ 1676 މީހުންގެ ތެރެއިން މިހާތަނަށް 76 ޕަސެންޓް މީހުން  ވޯޓު ލައިފި. މިހާތަނަށް މާބޮޑު މައްސަލަތަކެއް ކުރިމަތިވެފައެއް ނުވޭ.

އޭދަފުށީގައި ވޯޓްލުން ކުރިއަށްދަނީ
އޭދަފުށީގައި ވޯޓްލުން ކުރިއަށްދަނީ

12:20 ހޮސްޕިޓަލުގައި ބަހައްޓާފައި ހުރި ވޯޓު ފޮއްޓަށް 465 މީހުން ވޯޓުލައިފި، މި ފޮއްޓަށް ވޯޓްލުމުގެ ހައްގު ލިބިގެންވަނީ 795 މީހުންނަށް. އެހެން ރަށްރަށުގެ ރަޖިސްޓްރީގައި ތިބި މީހުންވެސް ވޯޓްލާނީ މި ފޮއްޓަށް.

12:12 ބަހިއްޔާ ޕްރީ ސްކޫލުގައި ބަހައްޓާފައި ހުރި ވޯޓު ފޮއްޓަށް 251 މީހުން ވޯޓުލައިފި، މި ފޮއްޓަށް ވޯޓްލުމުގެ ހައްގު ލިބިގެންވަނީ 433 މީހުންނަށް.

ބ. އަތޮޅު ތައުލީމީ މަރުކަޒުގައި ބަހައްޓާފައިހުރި ވޯޓްފޮއްޓަށް މީހަކު މިއަދު ވޯޓުލަނީ.
ބ. އަތޮޅު ތައުލީމީ މަރުކަޒުގައި ބަހައްޓާފައިހުރި ވޯޓްފޮއްޓަށް މީހަކު މިއަދު ވޯޓުލަނީ.

10:00: ސެޕްޓެމްބަރު 7 ގައި ބޭއްވި އިންތިހާބާ އަޅާ ބަލާއިރު މިރަށުންވެސް މިހާތަނަށް ވޯޓު ލާން މީހުން ނިކުމެފައިވަނީ ވަރަށް މަދުން.  ބަހިއްޔާ ސްކޫލުގައި ބަހައްޓާފައިހުރި ވޯޓް ފޮއްޓަށް ވޯޓު ލާންގޮސް މިވަގުތު އެއްވެސް މީހަކު ނެތް.

9:30 އޭދަފުށީ ގައި ބަހައްޓާފައި ހުރި ތިން ވޯޓަ ފޮށްޓަށް މިހާތަނަށް 450 އަށް ވުރެ ގިނަ މީހުން ވޯޓް ލައިފި

7:15  ސެޕްޓެމްބަރު 7 ގައި ބޭއްވި އިންތިޚާބު ކޯޓުން ބާތިލްކުރުމުން އަލުން ބާއްވާ މި އިންތިޚާބުގައި  މިއަދު ވޯޓުލުން ހެނދުނު 7:00 ގައި ފަށައިގެން ކުރިއަށް އެބަދެ އެވެ. ވޯޓްލުން ކުރިއަށްދާނީ ހަވީރު 3:30 އާ ހަމައަށެވެ. ފުރަތަމަ ބުރުން ރައީސަކު އިންތިޚާބު ނުކުރެވިއްޖެ ނަމަ ދެވަނަ ބުރުގެ ވޯޓުލުން މާދަމާ ބާއްވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ އިއުލާން ކޮށްފައެވެ. އަދި މާދަމާ ރޭ 10:30 ގައި ރަސްމީ ނަތީޖާ އިއުލާންކުރަން އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފައި.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.