އިންތިހާބު ޔާމީން ކާމިޔާބުކުރައްވައިފި

 ޔާމީންގެ ދެ ކަނބަލުން ނަސަންދުރާ އަށް ވަޑައިގަތުމުން މަރުހަބާ ކިޔަނީ
ޔާމީންގެ ދެ ކަނބަލުން ނަސަންދުރާ އަށް ވަޑައިގަތުމުން މަރުހަބާ ކިޔަނީ

 

 މުޅި ރާއްޖޭގައި މިއަދު ބޭއްވި ރިޔާސި އިންތިހާބުގެ ދެ ވަނަ ބުރު ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ޔާމީން އަބްދުލްގައްޔޫމް ކާމިޔާބުކުރައްވައިފި އެވެ.

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި އެމްޑީޕީގެ ކެންޑިޑޭޓް ކުރީގެ ރައީސް މުހައްމަދު ނަޝީދާ އިއްޔެ ވާދަކުރައްވާ ޕީޕީއެމްގެ ކެންޑިޑޭޓް ޔާމީން ކާމިޔާބުކުރެއްވީ 111،203 ވޯޓު (51.39 ޕަސެންޓް) އިންނެވެ. ނަޝީދަށް ލިބިވަޑައިގަތީ ވޯޓު (48.61 ޕަސެންޓް) އެވެ.

 ސައްހަ ވޯޓުގެ ގޮތުގައި 216،384 ވޯޓު އޮތްއިރު އެއީ 98،98 ޕަސެންޓެވެ. އަދި ބާތިލް ވޯޓުގެ ގޮތުގައި 2،237 ވޯޓު އޮތްއިރު އެއީ ވޯޓުލީ މީހުންގެ 1.02 ޕަސެންޓެވެ.

ނިމިގެންދިޔަ އިންތިޚާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ އަދަދަކީ 239.165 އެވެ. ނަމަވެސް އޭގެ ތެރެއިން ވޯޓުލާފައި ވަނީ 91.41 ޕަސެންޓް މީހުންނެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނެފައިވާ ގޮތުގައި މިފަހަރުގެ އިންތިޚާބުގައި 19 ޝަކުވާއެއް ހުށަހެޅުނު ނަމަވެސް ނަތީޖާއެއް ބަދަލެއް އަންނާނެ ވަރުގެ ޝަކުވާއެއް އޭގެ ތެރޭގައި ނެތް ކަމަށެވެ.

 

 ************

 

21:56  ޕީއެމުން އުފާ ފާޅުކުރުމުގެ ގޮތުން މިހާރު ބައެއް ޖަގަހަ ތަކުގައި ދަނީ ލަވަ ޖަހަމުން

20:20  އޭދަފުށި ހިމޭން ވެފައި. ޕީޕީއެމްގެ ޖަގަހާގައި ވެސް އުފާ ފާޅުކުރުމުގެ އެއްވެސް ކަމެއް އަދި ނެތް. ޕީޕީއެމް އޭދަފުށީ ކެމްޕޭން ޓީމުން ބުނީ އުފާ ފާޅުކުރުން އޮންނާނީ މާދަމާ ހަވީރު ކަމަށް

މިރަށުގައި ބެހެއްޓިި ހުރިހާ ވޯޓު ފޮށިތަކުގެ ޖުމްލަ ނަތީޖާއަށް ބަލާއިރު ޔާމީން އަށް ލިބިފައިވަނީ 966 ވޯޓެވެ. އެއީ ވޯޓު ދިން މީހުންގެ 65.23 އިންސައްތައެވެ.

އެމްޑީޕީގެ ކެނޑިޑޭޓް މުހައްމަދު ނަޝީދަށް އޭދަފުށިން ލިބިފައިވަނީ 515 ވޯޓެވެ. އެއީ ޖުމްލަ ވޯޓު ދިން މީހުންގެ 34.77 އިންސައްތަ އެވެ.

17:32 އޭދަފުށި (ބ. އަތޮޅުހޮސްޕިޓަލު ވޯޓްފޮށީގެ ވަގުތީ ނަތީޖާ(
ޔާމީން: 458
ނަޝީދު: 257
ބާތިލް: 11
ޖުމްލަ ވޯޓް: 726

17:17 ޑުސިޓް ތާނީ މޯލްޑިވްސް (މުއްދޫ ރިސޯޓް)
ޔާމީން: 24
ނަޝީދު: 70
ބާތިލް: 0

ޖުމްލަ ވޯޓް: 94

17:14 އޭދަފުށި (ބ. އަތޮޅު ތައުލީމީ މަރުކަޒު ވޯޓްފޮށީގެ ވަގުތީ ނަތީޖާ)
ޔާމީން: 248
ނަޝީދު: 148
ބާތިލް: 6
ޖުމްލަ ވޯޓް: 402

16:35  ވޯޓް ފޮށީތައް ގުނަން ފަށައިފި.

16:08 ބ. އަތޮޅު ތައުލީމީ މަރުކަޒު ފޮއްޓަށް ވޯޓްލުމަށް ރަޖިސްޓްރީކުރި 435 މީހުންގެ ތެރެއިން 404 މީހުންވަނީ ވޯޓުލައިފައި. ބަހިއްޔާ ފޮއްޓަށް 411 މީހުން ރަޖިސްޓްރީ ކުރިއިރު 376 މީހުން ވޯޓްލި. އަދި ހޮސްޕިޓަލުގައި ބެހެއްޓި ވޯޓް ފޮށްޓަށް ވޯޓްލުމަށް ރަޖިސްޓްރީކުރި 774 މީހުންގެ ތެރެއިން ވޯޓްލީ 726 މީހުން.

16:07 އޭދަފުށީގެ ހުރިހާ ވޯޓް ފޮއްޓެއް ބަންދުކުރި އިރު 1620 މީހުންގެ ތެރެއިން 1506 މީހުން ވަނީ ވޯޓު ދީފައި. އެއީ 92.9 ޕަސެންޓް. މި ރަށުގައި 3 ފޮށި ބެހެއްޓި

DSC_1678

16:05 އޭދަފުށީގައި ބަހައްޓާފައިހުރި ހުރިހާ ވޯޓްފޮށީތަކެއް ބަންދުކޮށްފި. 4:30 ގަިއ ގުނަން ފަށާނެ

15:00 އޭދަފުށީގައި ބަހައްޓާފައި ހުރި ވޯޓު ފޮށިތަކަށް 85 ޕަސެންޓަށް ވުރެ ގިނަ މީހުން ވަނީ ވޯޓު ލައިފައި. މިރަށުގައި ބަހައްޓާފައިހުރި ތިން ވޯޓްފޮށްޓަށް ވޯޓު ލުމުގެ ހައްގު ލިބިފައިވާ 1620 މީހުން އެބަތިބި. އޭގެތެރެއިން 1400 އަށް ވުރެ ގިނަ މީހުން ވަނީ ވޯޓު ލައިފައި.

12:15 މިހާތަނަށް ދެބައިކުޅަ އެއްބައިމީހުން ވޯޓުލައިފި. ހުރިހާ ސަރަހައްދެއްގައިވެސް ވޯޓު ލުންދަނީ އަމާން ކަމާއި އެކު ކުރިއަށް އެކަމަކު ވޯތްލާން ނުކުންނަ މީހުން މަދުކަން ފާހަގަކުރެވޭ

 

12:00 އޭދަފުށީގައި ބެހެއްޓި ތިން ވޯޓް ފޮއްޓަށް ވެސް 7:30 ގައި ވޯޓުލާން ފެށުނު. ވޯޓުލުން ދަނީ ވަރަށް އޮމާން ކޮށް.

އޭދަފުށީގައި ވޯޓުލުން ކުރިއަށްދަނީ
އޭދަފުށީގައި ވޯޓުލުން ކުރިއަށްދަނީ

 

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވޯޓްލާން ނުކުތް މީހުނާ ބަލާއިރު މިއަދު ހުރިހާ ފޮށި ތަކެއްކައިރީގައިވެސް ކިޔޫގައި މީހުން ވަރަށް މަދުކަން ފާހަގަ ކުރެވޭ.

ނޮވެމްބަރު 9 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގައި އެއްވެސް ކެންޑިޑޭޓަކަށް 50 އިންސައްތައިން މަތި ހޯދިފައި ނުވާތީ ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން މިއަދު ހެނދުނު ރާއްޖޭގައި ފެށިގެން ކުރިއަށް އެބަދެ އެވެ.

މިގޮތުން އޭދަފުށީގައިވެސް މިއަދު ވޯޓުލުން ވަނީ ފެށިފަ އެވެ. މިއަދު ވޯޓުލުން އޮންނާނީ ހެނދުނު 7:30 އިން ހަވީރު 4:00 ގެ ނިޔަލަށެވެ.

އޭދަފުށީގައި މިފަހަރު ވެސް 3 ވޯޓު ފޮށި ވަނީ ބެހެއްޓިފަ އެވެ. އެއީ ބަހިއްޔާ ޕްރީ ސްކޫލުގަ އާއި ބ. އަތޮޅު ތައުލީމީ މަރުކަޒުގެ އިތުރުން އަތޮޅު ހޮސްޕިޓަލުގަ އެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އޭދަފުށީގައި ބެހެއްޓި ވޯޓު ފޮށިތަކުން ކުރި ހޯދާފައިވަނީ %37 އާއެކު ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީނެވެ. އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދަށް ދެވަނަ ލިބުނީ %33 އިންސައްތަ ވޯޓާއެކު އެވެ.

މިދިޔަ ހޮނިހިރުދުވަހު ބޭއްވި މި އިންތިޚާބުގެ ފުރަތަމަ ބުރުގައި ތިން ކެންޑިޑޭޓުން ވާދަކުރެއްވި އިރު، އެންމެ ގިނައިން ވޯޓު ހޯއްދެވި އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ނަޝީދަށް ލިބިވަޑައިގެންފައި ވަނީ 96،764 ވޯޓު ވޯޓެވެ. އެއީ އިންތިހާބުގައި ވޯޓުލީ 208،504 މީހުންގެ 46 ޕަސެންޓެވެ. ޕީޕީއެމްގެ ކެންޑިޑޭޓް އަބްދުﷲ ޔާމީނަށް ވޯޓުލީ މީހުންގެ 29 ޕަސެންޓާއެކު ލިބިވަޑައިގަތީ 61،278 ވޯޓެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.