
ޖޭ ޕޯޓްރެއިޓްސް ތްރީ އޮން ތްރީ ސޮކަ ކަޕުގެ ސެމީ ފައިނަލްގެ ޖާގަ އެންމެ ފަހުގެ ޗެމްޕިއަން ފެއިމްސް ޔުނައިޓެޑް އާއި ވެލާ ސްޕޯޓްސް އާއި އެފްސީ ހަބޭސް އަދި ދަ ބްލޫސް ރޭ ހޯދައިފި އެވެ.
މުބާރާތުގެ ކުއާޓާ ފައިނަލްގައި ރޭ ވާވޮށި ވެލާ އަތުން މިދިޔަ އަހަރުގެ ޗެމްޕިއަން ފެއިމްސް ޔުނައިޓެޑް މޮޅުވީ 3- 0 އިންނެވެ. ޑައުންޓައުން ޖޫނިއާސް އަތުން 3- 1 އިން ވެލާ ސްޕޯޓްސް މޮޅުވިއިރު، އެފްސީ ސޫޕް އަތުން އެފްސީ ހަބޭސް މޮޅުވީ ޕެނަލްޓީ ޖަހައިގެން 3- 2 އިންނެވެ. ޑައުންޓައުން އަތުން ދަ ބްލޫސް މޮޅުވީ 3- 1 އިންނެވެ.
މިރޭ ކުޅުމަށް ހަމަޖެހިފައިވާ ސެމީ ފައިނަލްގައި ފެއިމްސް ޔުނައިޓެޑް އާ ދެކޮޅަށް ނުކުންނާނީ ވެލާ ސްޕޯޓްސް އެވެ. އެފްސީ ހަބޭސްއާ ދެކޮޅަށް ނުކުންނާނީ ދަ ބްލޫސް އެވެ.
މި މުބާރާތުގެ ފައިނަލް މެޗު ކުޅޭނީ އަންނަ ހުކުރު ދުވަހުގެ ރެ އެވެ.