މަރުހަބާ ޔާމީން އަބްދުލްގައްޔޫމް

ރައީސް ޔާމީން ހުވާކުރައްވަނީ.--ހަވީރު ފޮޓޯ
ރައީސް ޔާމީން ހުވާކުރައްވަނީ.–ހަވީރު ފޮޓޯ

ދިވެހި ޖުމްހޫރިއްޔާގެ ތާރީހީ ހަ ވަނަ ރައީސް ކަމުގެ މަގާމުގެ ހުވާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިއަދު ކުރައްވައިފި އެވެ. އެމަނިކުފާނު ވެރިކަމުގެ ހުވާ ކުރެއްވީ މެންދުރު ދަރުބާރުގޭގައި ބޭއްވެވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.

ހުވާކުރެއްވުމަށްފަހު ގައުމާ މުޚާތަބުކުރައްވައި ވާހަކަފުޅު ދައްކަވަމުން ޔާމީން ވިދާޅުވީ މިއީ އާ ރޫހަކާ އެކު ގައުމު ތަރައްގީކުރުމުގެ މަސައްކަތް ފަށައިގަންނަންވީ ދުވަސް ކަމަށާއި ދިވެހިންގެ ހިތްތަކުގައި އިސްލާމްދީނަށް އޮންނަ ލޯބި އިތުރުކޮށް ގައުމިއްޔަތުގެ ރުކުންތައް ވަރުގަދަކުރަން ޚާއްސަ އިސްކަމެއް ދެއްވާނެ ކަމަށެވެ. އަދި  ދައުލަތުގެ ޚަރަދު ކުޑަކުރުމުގެ ވަރަށް ޚާއްސަ މަސައްކަތްތަކެއް ވަރަށް އަވަށް ފައްޓަވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ. އެގޮތުން އިގްތިސާދީ ސިޔާސަތުތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސްގެން މިހާރުން މިހާރަށް ފިޔަވަޅުތައް އަޅަން ޖެހޭ ކަމަށާއި ވިޔަފާރީގެ ފުރުސަތުތައް ފުޅާ ދާއިރާއެއްގައި ހުޅުވާލައި މަސްވެރިންނަށާއި ދަނޑުވެރިންނަށް އަދި ޒުވާނުންނަށް ފުރުސަތުތައް ފަހިކޮށްދީގެން ކުރިއަށް އޮތް ފަސް އަހަރު ކުރިއަށް ދާނީ ޒުވާނުންނަކީ ގައުމަށް ފައިދާ ހުރި މަސައްކަތްތަކެއް ކުރާ އުފެއްދުންތެރި ބައެއްގެ ގޮތުގައި ސަރުކާރުން ދެކިގެން ކަމަށްވެސް ޔާމީން ވިދާޅުވި އެވެ.

ރައީސް އަބްދުﷲ ޔާމީން ވިދާޅުވީ އެމަނިކުފާނު އެކުލަވާލާނީ ޚަރަދު ކުޑަ ސަރުކާރެއްކަމަށައި އިއްތިހާދުވެފައިވާ ޕާޓީތަކާ ވާހަކަދައްކައިގެން މަގާމްތަކަށް ގާބިލް ބޭފުޅުން ގެންނަވާނެ ކަމަށްވެސް ޔާމީން ވިދާޅުވި އެވެ.  އަދި  ކޮންމެ ރައްޔިތަކީ ވެސް އަޅުގަނޑުގެ އަޚެއް، އަދި އުޚުތެއް ކަމަށާއި ” އަޅުގަނޑު މިއީ އަޅުގަނޑަކީ ރައްޔިތުންގެ ރައީސެއްކަން އަބަދުވެސް ހަނދާން ބަހައްޓައިގެން” ކަމަށްވެސް ޔާމީން ވިދާޅުވި އެވެ.

ރާއްޖޭގެ ވެރިކަމަށް އަބްދުﷲ ޔާމީން ވަޑައިގަތުމާ ގުޅިގެން އީޓީގެ ފަރާތުން ވަރަށް ހޫނު މަރުހަބާއެއް ދަންނަވަމެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.