ޕީޕީއެމް އަށް ލިބުނު ކާމިޔާބީގެ އުފާ ފާޅުކުރުމަށް ހިނގާލުމެއް ބާއްވައިފި

ޕިޕީއެމުން މިއަދު ހަވީރު ބޭއްވި ހިނގާލުމުގެ ތެރެއިން-- ފޮޓޯ؛ އަބޫ ޔައުލާ
ޕިޕީއެމުން މިއަދު ހަވީރު ބޭއްވި ހިނގާލުމުގެ ތެރެއިން– ފޮޓޯ؛ އަބޫ ޔައުލާ

 

އިއްޔެ ބޭއްވި ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުއާ ވާދަކުރައްވައި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީން ހޯއްދެވި ކާމިޔާބީގެ އުފާ ފާޅުކުރުގެ ގޮތުން މިއަދު ހަވީރު އޭދަފުށީގައި ހިނގާލުމެއް ބާއްވައިފި އެވެ.

ކާރާއި ޕިކަޕްގައި އަޑުގަދަ ކުރާ ބޭނުންކޮށްގެން ޕީޕީއެމްގެ ކެމްޕޭން ލަވަތައް ޖަހަމުން މިރަށުގެ ބޮޑެތި މަގުތަކުގައި ބޭއްވި މި ހިނގާލުމުގައި ޕީޕީއެމަށާއި އެ ޕާޓީއާ ގުޅިފައިވާ އިއްތިހާދަށް ތާއީދުކުރާ ގިނަ އަދަދެއްގެ އަންހެނުންނާއި ފިރިހެނުން އަދި ކުޑަކުދިންވެސް ބައިވެރިވި އެވެ.

ރިޔާސީ އިންތިހާބުގައި ޕީޕީއެމް އަށް ވަރަށް ފުރިހަމަ ކާމިޔާބީއެއް ލިބުމާ ގުޅިގެން މިއަދު މެންދުރު މިރަށުގައިވަނީ މެންދުރުގެ ފަރިއްކޮޅެއްވެސް ބާއްވާފަ އެވެ. އަދި އަންނަ ހުކުރުދުވަހު ބޮޑު އުފާ ފާޅުކުރުމުގެ ގޮތުން ބޮޑޫ ހަފްލާއެއް ބޭއްވުމުގެ ތައްޔާރީތައްވެސް ޕީޕީއެމުންދަނީ ވަމުންނެވެ.

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި އެމްޑީޕީގެ ކެންޑިޑޭޓް ކުރީގެ ރައީސް މުހައްމަދު ނަޝީދާ އިއްޔެ ވާދަކުރައްވާ ޕީޕީއެމްގެ ކެންޑިޑޭޓް ޔާމީން ކާމިޔާބުކުރެއްވީ 111،203 ވޯޓު (51.39 ޕަސެންޓް) އިންނެވެ. ނަޝީދަށް ލިބިވަޑައިގަތީ ވޯޓު (48.61 ޕަސެންޓް) އެވެ.

ގުޅުންހުރި ލިޔުންތައް

3 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.