އަތޮޅުލީގު ތަށި ދިފާއު ކުރުމަށް އޭދަފުށި ނުކުންނަނީ

އޭދަފުށީ ބެޑްމިންޓަން ޓީމު މިދިޔަ އަހަރު ޗެމްޕިއަން ޓްރޮފީއާއެކު
އޭދަފުށީ ބެޑްމިންޓަން ޓީމު މިދިޔަ އަހަރު ޗެމްޕިއަން ޓްރޮފީއާއެކު

 

 

ހަވަނަ އަތޮޅުލީގް ބެޑްމިންޓަން މުބާރާތުގައި އެންމެފަހުގެ ޗެމްޕިއަން އޭދަފުށީ ބެޑްމިންޓަން ޓީމު މިއަހަރުވެސް ބައިވެރިވެއްޖެއެވެ.

އޭދަފުށީ ބެޑްމިންޓަން ޑިވެލޮޕްމަންޓް ކޮމެޓީން ބުނީ މި މަހުގެ 22 ން 30 އަށް މާލޭ ކުޅިވަރު އެކުވެނީގައި ކުރިއަށްގެންދާ މި މުބާރާތުގައި ވާދަކުރުމަށް ޓީމު މާދަމާ ހެނދުނު މާލެ ފުރާނެ ކަމަށެވެ.

އޭދަފުށީ ޓީމުގެ ކުޅުންތެރިންގެ ތެރޭގައި ހިމެނެނީ، އަބްދުލްމަތީނާއި، އަބްދުލްބާރީ އާއި، އަބްދުﷲ އައުޝާޒް އާއި، މުހައްމަދު އަހުމަދު ނާޝިދު އާއި، ތޮލާލު އަބްދުއްރަހްމާނާއި، އަހްމަދު ނާޝިދު އާއި އިބްރާހީމް މުޙައްމަދުގެ އިތުރުން ހުސައިން މުހައްމަދެވެ. ޓީމުގެ މެނޭޖަރަކީ މިއަހަރުވެސް އަލީ ޒާހިރެވެ. މި ޓީމުގެ ކޯޗަކީ ހަސަން ރިޔާޒު އެވެ.

“އުއްމީދު ކުރަނީ މިދިޔަ އަހަރު ހޯދި ކާމިޔާބީ ތަކުރާރުކޮށް ތަށި ދިފާއު ކުރުން އަދި ބ. އަތޮޅަށާއި އޭދަފުއްޓަށް ރީތި ނަން ހޯދައިދިނުން.” ޓީމްގެ މެނޭޖަރ ވިދާޅުވި އެވެ.

މި މުބާރާތުގައި އޭދަފުށީ ޓީމު ވާދަކުރުމަށް ހަމަޖެހިފައިވަނީ ޓީމު އިވެންޓުގެ އިތުރުން އޯޕަން އިވެންޓުގައެވެ. މިދިޔަ އަހަރު ބޭއްވި މުބާރާތުން އޭދަފުށީ ޓީމު ޗެމްޕިއަންކަން ހޯދީ ފުވައްމުލަކާއި ބައްދަލުކޮށް ސީދާ ތިން މެޗުން މޮޅުވެގެންނެވެ. އަދި މީގެ އިތުރުން ފިރިހެން އޯޕަން ޑަބަލްސް ކެޓެގަރީ އިން އަބްދުލްމަތީން އާއި ހުސައިން މުހައްމަދު ގެ ޕެއަރ ވަނީ ޗެމްޕިއަންކަން ހޯދާފައެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

  1. Abdul Muhaimin Hussain/ Raa.Inguraidhoo

    ޓީމުގެ ކުޅިންތެރިންނާއި އޮފިޝަލުނަނަށް މަރުޙަބާ! ކީރިތި ﷲ ގެ މިންވަރުފުޅުން މިއަހަރުވެސް ރަނގަޅު ކާމިޔާބީއެއް އޭދަފުށީގެ ހިތްވަރުގަދަ ޓީމަށް މިންވަރުކޮށް ދެއްވުން އެދެން.

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.