ބ. އަތޮޅު ކައުންސިލުގެ ރައީސް ނިޔާވެއްޖެ

އަބޫބަކުރު އަބްދުއްރަހްމާން (މާޅޮހު ކަލޭފާނު)
އަބޫބަކުރު އަބްދުއްރަހްމާން (މާޅޮހު ކަލޭފާނު)

 

ބ. އަތޮޅު ކައުންސިލުގެ ރައީސް، ބ. މާޅޮހު ކީސްފިލާ، އަބޫބަކުރު އަބްދުއްރަހްމާން (މާޅޮހު ކަލޭފާނު) މިރޭ ނިޔާވެއްޖެ އެވެ.

ހިތުގެ އާލާސްކަންފުޅަކަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް ކަލޭފާނު އަވަހާރަ މިވީ ހިތްޕުޅަށް ކުރިމަތިވި ކުއްލި މައްސަލައަކާ ގުޅިގެން އައިޖީއެމްއެޗު އައިސީޔޫގައި އެޑްމިޓްކުރިތާ ހަތް ދުވަސް ފަހުންނެވެ.

އާއިލާގެ ފަރާތުން ވާހަކަ ދެއްކެވި ބޭފުޅަކު ވިދާޅުވީ ކަފޭފާނު އަވަހާރަވީ ކުއްލިއަކަށް ދިމާވި ހިތުގެ އާލާސްކަން ފުޅަކަށް ފަރުވާދެއްވަމުން ދަނިކޮށް އުމުރުފުޅުން 75 އަހަރުގައި މިރޭ 7:30 އެހާކަން ހާއިރު ކަމަށެވެ.

އޭނާ އަވަހާރަވިއިރު ހަތަރު ފިރިހެން ބޭފުޅުންނާއި އަންހެންް ބޭފުޅަކާ އަނބިކަނބަލަކު ދުނިޔޭގައި އެބަތިއްބެވި އެވެ.

ކަލޭފާނު ވަނީ ސަރުކާރުގެ އެކި މަގާމުތަކުގައި ވަރަށް ގިނަ އަހަރު ހޭދަކުރައްވައިފަ އެވެ. އޭގެ ތެރެއިން 40 އަހަރަށްވުރެ ގިނަ އަހަރު ހޭދަކުރެއްވީ މާޅޮހު އޮފީހުގެ ކަތީބުކަމާއި، ކުޑަކަތީބު ކަމާއި މުދިންކަން ކަހަލަ އެކި ވަޒީފާތަކުގަ އެވެ. ސިވިލް ސާވިސް ގާނޫނުގެ ދަށުން ވަޒީފާ އިން ފުރަތަމަ ވަކި ކުރެއްވި ބޭފުޅުންގެ ތެރޭގައި މާޅޮހު ކަލޭފާނު ހިމެނި ވަޑައިގަންނަވަ އެވެ. އޭގެފަހުން ކަލޭފާނުވަނީ އޭދަފުށީ ދާއިރާއިން ބ. އަތޮޅު ކައުންސިލަށް ކުރިމަތިލައްވައި ކައުންސިލަށް ހޮވިވަޑައިގެންފަ އެވެ.

ކަލޭފާނުގެ މޫނު ދެއްކުން އޮންނާނީ އާސަހަރާގަ އެވެ. އަދި ފަސްދާނުލުން އޮންނާނީ މިރޭ ފަތިސް ނަމާދަށްފަހު ކަމަށް އޭނާގެ އާއިލާ އިން ވާހަކަ ދެއްކެވި ބޭފުޅާ ވިދާޅުވި އެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

  1. ޢަބްދުލްމުހައިމިން ޙުސައިން/ އިނގުރައިދޫ

    ކީރިތި ﷲ މަރުޙޫމުގެ ފުރާނައަށް ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރުކޮށް ދެއްވާ ޢާއިލާ އަށް ކެތްތެރިކަން ދެއްވުން އެދި ދުޢާކުރަން. ކަލޭފާނަކީ މީގެ 26 އަހަރު ކުރިން އަޅުގަނޑު ތަޢުލީމު ޙާޞިލު ކުރުމަށްޓަކައި އޭދަފުށީގައި ހުރި އިރު އަޅުގަނޑާ ބައްދަލުވާ ވަގުތުތަކުގައި ކިޔެވުމަށާއި ބަސްއަހައިގެން މޮޅު ކުއްޖަކަށް ވުމަށް ނަޞޭޙަތްތެރިވި ބައްޕަގެ ވަރަށް ގާތް ހަރުދަނާ ރަޙުމަތްތެރިއެއް. މިފަދަ އަގުހުރި ބޭފުޅުންގެ ޒިކުރާ އައުކޮށްލުމަކީ އެދެވިގެންވާ ކަމެއް ކަމުގައި ދެކެން.

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.