ސެންޓޭ ޖެހި ހަމައެކަނި ލަނޑުން ރާއްޖެ ޓީމު މޮޅު ކޮށްދީފި

ރާއްޖޭ ޓީމުން އިންޑޮނޭޝިއާގައި ޕްރެކްޓިސް ކުރަނީ. ފޮޓޯ: ޢަލީ ޝިޔާމް
ރާއްޖޭ ޓީމުން އިންޑޮނޭޝިއާގައި ޕްރެކްޓިސް ކުރަނީ. ފޮޓޯ: ޢަލީ ޝިޔާމް

 

އިންޑޮނޭޝިއާގައި މިހާރު ކުރިއަށްދާ 23 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތުގައި ރާއްޖެ ޓީމު ކުލުނު ފުރަތަމަ މެޗު ކާމިޔާބު ކޮށްފި އެވެ.

ޖަކާޓާގެ ގެލޯރާ ބަންގް ކާނޯ ސްޓޭޑިއަމްގައި ކުޅުނު މި މެޗު ރާއްޖެ ޓީމުން ކާމިޔާބު ކުރީ 0-1 ލަނޑުން ނެވެ. ޕަޕްވާ ނިއުގިނީ އާ ދެކޮޅަށް ކުޅުނު މި މެޗުގައިމ ފެނުނު ހަމައެކަނި ލަނޑު ޖަހައިދިނީ 37 ވަނަ މިނެޓުގައި އޭދަފުއްޓަށް އުފަން ހުނަރުވެރި ފޯވާޑް ޢަލީ ފާސިރު (ސެންޓޭ) އެވެ.

ސީނިއަރ ޓީމުގެ 3 ކުޅުންތެރިންނަށް ކުޅުމުގެ ފުރުސަތު އޮންނަ އެމްއެންސީ ކަޕް 2013 ސެންޓޭގެ އިތުރުން ނިއުރޭޑިއަންޓުގެ އަކްރަމް ޢަބްދުލްޣަނީ އާއި މާޒިޔާގެ ގޯލްކީޕަރ މުހައްމަދު ޢިމްރާން ހިމެނެއެވެ. ރާއްޖެ ޓީމުން ސެންޓޭއަށް ޖާގަ ލިބުނީ ގައުމީ ޓީމުގެ ކެޕްޓަން ޢަލީ އަޝްފާގު ދަގަނޑޭ މެލޭޝިއާގެ ޓީމަކަށް ކުޅެން ދާން ޖެހުމާއި ގުޅިގެން ނެވެ.

މި މެޗުގައި ރާއްޖެ ޓީމުން މޮޅު ކުޅުމެއް ދައްކާފައިވާ އިރު، ނަތީޖާ ބަދަލު ކޮށްލާނެ ގިނަ ފުރުސަތުތަކެއް ލިބިފައިވާކަން ފާހަގަ ކޮއްލަން ޖެހެއެވެ. މި މަހުގެ 20 ން 24 އަށް ކުރިއަށްދާ މި މުބާރާތުގައި ޕަޕްވާ ނިއުގިނީ އާއި ދިވެހިރާއްޖޭގެ އިތުރުން ބައިވެރިވަނީ އިންޑޮނޭޝިއާ އާއި ލާއޯސް އެވެ.

މުބާރާތުގައި ރާއްޖެ ކުޅޭ 2 ވަނަ މެޗުގައި މިއަދު މެންދުރު ރާއްޖެ ގަޑިން 13:30ގައި ވާދަ ކުރާނީ ލާއޯސް އާއެވެ. އަދި ތިންވަނަ މެޗުގައި އާދިއްތަ ދުވަހު ވާދަ ކުރާނީ މުބާރާތް ބާއްވާ ގައުމު އިންޑޮނޭޝިއާ އާ އެވެ.

މި މުބާރާތް ރޭވިފައިވާ ގޮތުން ޗެމްޕިއަންކަން ލިބޭނީ ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި ބައްދަލުކޮށް އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމެކެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.