ފެއިމްސް ޔުނައިޓެޑް ތަށި ދިފާއު ކޮށްފި

ޗެމްޕިއަން ފެއިމްސް ޔުނައިޓެޑް

ދަބްލޫސް ބަލި ކުރުމަށް ފަހު ޖޭ ޕޯޓްރެއިޓްސް ރަމަޟާން ތްރީ އޮން ތްރީ ސޮކަ ކަޕުގެ ތަށި ފެއިމްސް ޔުނައިޓެޑް ރޭ ދިފާއުކޮށްފި އެވެ.

އޭދަފުށީ ޔޫތު ސެންޓަރުގެ ފުޓްބޯޅަދަނޑުގައި ކުޅުނު ފައިނަލް މެޗުގައި މިދިޔަ އަހަރު ވެސް ހޯދި ތަށި އުފުލާލުމަށް ފެއިމްސް ޔުނިއިޓޭޑް ދަ ބްލޫސް އާ ބައްދަލުކޮށް މޮޅުވީ 9-1 އިން ނެވެ

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމާއި މުޅި މުބާރާތުގެ މޮޅު ކުޅުންތެރިއާގެ އިތުރުން މުބާރާތުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިއާގެ މަގާމު ލިބުނީ ފެއިމްސް ގެ އަލީ ޒުބައިރު އަށެވެ. އޭނާ ވަނީ މި މުބާރާތުގައި 10 ލަނޑު ޖަހައިފަ އެވެ.

މުބާރާތުގެ ގަދަ ތިން ކުޅުންތެރިންގެ ތެރޭގައި އަލީ ޒުބައިރުގެ އިތުރުން ހިމެނެނީ ދަ ބްލޫސް ގެ ހުސައިން ފާސިރު އާއި، ވެލާ ސްޕޯޓްސްގެ ހިއްސާނު އަބްދުއްޝަކޫރު އެވެ.

މުބާރާތުގެ ފެއާ ޕްލޭ ކުޅުންތެރިއަކަށް އެފްސީ ހަބޭސްގެ އިބްރާހިމް ޝާހީން ހޮވުނުއިރު އިރު އެންމެ އުއްމީދީ ކުޅުންތެރިއަކަށް ޑައުންޑައުން ގެ އިސްމާއިލް ހަސީބެވެ.

މުބާރާތުގައި ޓީމަށް އެންމެ ފައިދާ ހޯދައިދިން ކޯޗަކީ އެފްސީ ހަބޭސްގެ އަހްމަދު ރިޒާ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.