އިންތިހާބު ޔާމީން ކާމިޔާބު ކުރެއްވުން ފާހަގަ ކުރުމަށް ބޮޑު ހަފްލާއެއް ބާއްވައިފި

ޕީޕީއެމާ ގުޅިފައިވާ ޕާތީތަކުގެ ސަޕޯޓަރުން ރޭ އޭދަފުށީގައި ބޭއްވި ހަފުލާގެ ތެރެއިން
ޕީޕީއެމާ ގުޅިފައިވާ ޕާތީތަކުގެ ސަޕޯޓަރުން ރޭ އޭދަފުށީގައި ބޭއްވި ހަފުލާގެ ތެރެއިން

 

 ރިޔާސީ އިންތިހާބގެ ދެވަނަ ބުރުގައި، ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީން ކާމިޔާބު ކުރެއްވުމުން އެކަމުގެ އުފާ ފާޅުކުރުމަށް އޭދަފުށީގައި ތިބި ޕީޕީއެމްއާއި އެ ޕާޓީއާއި ގުޅިފައިވާ ޕާތީތަކުގެ ސަޕޯޓަރުން ރޭ މި ރަށުގައި ބޮޑޫ ހަފްލާއެއް ބާއްވައިފި އެވެ.

ލަވަޖަހާ އުފާ ފާޅުކުރުމުގެ ހަރަކާތްތަކާއެކު ބޭއްވި މި ހަފްލާގައި ރައްޔިތުންގެ މަޖިލީހުގެ މިއަތޮޅު އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމުގެ އިތުރުން ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ބައިވެރިވެރިވި އެވެ.

“މިއީ ރައްޔިތުންނަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް. އަދި މިއީ އަހަރެމެން އެންމެން ގުޅިގެން ކުރި މަސައްކަތުގެ ފޮނި ނަތީޖާ. އެހެންވުމުން އެކަމުގެ އުފާ ފާޅުކުރަމުން މިގެންދަނީ،” ރޭ ބޭއްވި ހަފްލާއަށް ގޮސްއުޅުނު ޕީޕީއެމްގެ ސަޕޯޓަރަކު ބުންޏެވެ.

“އަހަރެމެން ބޭނުންވާ ކަންތައް މިއޮތީ ވެފައި. ނަޝީދު ވެރިކަމަށް އަޔަ ނުދޭން ބޭނުންވަނީ. ޔާމީން އަށް ވެރިކަން ލިބިގެންދިޔަކަމީ ލިބުނު ވަރަށްބޮޑު އުފަލެއް،”

ގޮއިދޫގައި ވޯޓްލި، 1465 މީހުންގެ ތެރެއިން ޔާމީން އަށް 966 ވޯޓް ލިބިވަޑައިގެންފައި ވެއެވެ. ނަޝީދަށް ލިބިވަޑައިގަތީ 515 ވޯޓެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އޭދަފުށިން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝިދަށް ތާއީދުކުރި މީހުންނަށް ޝުކުރު އަދާ ޝުކުރު އަދާކުރުމަށް އެމްޑީޕީންވެސް ރޭ އޭދަފުށީގައިވަނީ ހަފްލާއެއް ބާއްވައިފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.